ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން ދެމުންދާ ބަހުގެ ޚިދުމަތުގައި ހިމެނޭ ބައެއް ރޫޓްތަކަށް މިއަދުން ފެށިގެން ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެމްޓީސީސީއިން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެމްޓީސީސީއިން ބުނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކޮށްފައިވާތީ އާރުޓީއެލް ހުޅުމާލެ ބަހުގެ ޚިދުމަތުގެ ބައެއް ރޫޓްތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ.
މި ގޮތުން ގެނެސްފައިވާ ބަދަލުތަކަކީ:
- އާރް 2 – މާލެ (ކާނިވަލް) – ހުޅުމާލެ ފޭސް 1
- އާރް 7 – ހުޅުމާލެ ފޭސް 2 – މާލެ (ވެސްޓްޕާކް)
- އާރް 8 – ހުޅުމާލެ ފޭސް 2 – މާލެ (ކާނިވަލް)
- އާރް 9 – ހުޅުމާލެ ފޭސް 2 – މާލެ ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓްއެވެ.
ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އާއިއެކު ހުޅުމާލޭގެ އިތުރު 10 ސަރަހައްދަކަށް ބަދަލު ގެނައުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމާފައިވާއިރު، އެ ކުންފުނިން ބުނީ މިއީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށެވެ.

