ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގް ނެޓްވޯކުތަކުގެ ދިވެހިން ބޭރު ގައުމުތަކުގައި ތިބެ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރޭ: ފުލުހުން

ފުލުހުންނާއި ކަސްޓަމްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ގައުމުތަކުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ވިޔަފާރި، އިތުރު މީހުންނާއި ގުޅިގެން ކުރިޔަށް ގެންދާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ދެކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ތިން މީހަކު ހައްޔަރުކޮށްފައިވާތީ ފުލުހުންނާއި ކަސްޓްސް ގުޅިގެން ވަނީ މީޑިއާތަކަށް އެ މައުލޫމާތުތައް ހިއްސާކޮށްފަ އެވެ.

އަތުލައިގެންފައި ވަނީ، އަބޫދާބީ މަގުން ރާއްޖެއަށް ޕާކިސްތާނުގެ މީހަކު ލަގެޖުގައި ފޮރުވައިގެން އެތެރެ ކުރަން އުޅުނު މަސްތުވާތަކެއްޗެވެ.

ކަސްޓަމްސްގެ ސުޕްރިޑެންޓެންޑް މުހައްމަދު އަފްޒަލް ވިދާޅުވި ގޮތުގައި، އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 2.1 މިލިއަން ރުފިޔާއަށް އަރައެވެ.

ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޑްރަގް އެންފޯސްމަންޓުގެ ހެޑް، ސުޕްރިޑެންޓެންޓް އޮފް ޕޮލިސް ނާހިދު ހުސެއިން ވިދާޅުވީ މިއީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ރާއްޖެއަށް އައި ފަތުރުވެރިއެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެއްޗަށްވެފައި އަދި ތަހުގު އޮތީ ފުރަތަމަ މަރުހަލާގައިކަމަށެވެ. އަދި މައްސަލައިގައި ދެ ދިވަހިން ހައްޔަރު ކުރިއިރު އެ މީހުންގެ ބަންދަށް މިހާރު 15 ދުވަސް ކޯޓުން ޖަހައިދީފައިވާކަމަށް ވިދާޅުވި އެވެ.

މިކޭސްގެ އިތުރު ތަފްސީލު ދެއްވައި، ޑްރަގް ޓްރެފިކިން އިންވެސްޓިގޭޝަން ހެޑް މުހައްމަދު ވަހީދު ވިދާޅުވީ ހައްޔަރު ކުރި ދެ ދިވެހިންނަކީ ވެސް ޕާކިސްތާނު މީހާ ރާއްޖެއަށް އެތެރެ ކުރުމަށް މަސައްކަތް ކުރި މަސްތުވާތަކެއްޗާއި ގުޅުން ހުރި ދެ މީހުންކަން ތަހުގީގަށް ހޯދިފައިވާކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ބޭނުމުގައި ބައެއް ދިވެހިން ރާއްޖެއިން ބޭރުގައި ތިބެ އެ ވިޔަފާރި ހިންގަމުންދާކަމަށެވެ.

އެގޮތުން 2.2 ކިލޯގްރާމްގެ ހެރޮއިންކަމަށް ޝައްކު ކުރެރޭ މަސްތުވާތަކެތި އެތެރެ ކުރުމުގައި، ރާއްޖެއިން ބޭރުގައި ތިބި އެފަދަ ބައެއްގެ ބައިވެރިވުން ހިމެނޭކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް މުހައްމަދު ވަހީދު ވިދަޅުވި އެވެ. އަދި މިހާރު ހައްޔަރުގައި ތިބި ދެ މީހުން ނޫން އިތުރު ބައެއްގެ ބައިވެރިވުން މި މައްސަލައިގައި ހިމެނޭތީ އެ މީހުން ވެސް ހޯދުމުގެ މަސައްކަތް ކުރާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

މުހައްމަދު ވަހީދު ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުގައި ތިބި އެފަދަ މީހުން ހޯދައި، ހިފެހެއްޓުމަށް ގާނޫނަށް އިސްލާހުތައް ގެންނަން ޖެހެއެވެ. އަދި އެކަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށްޓަކައި އިންޓަޕޯލްއާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދާކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ފުލުހުންނާއި، ކަސްޓަމްސް ވަނީ މި އަހަރުގެ މިހާތަނަށް އަތުލައިގަތް ބައެއް މަސްތުވާތަކެތީގެ މައުލޫމާތުތައް ދެއްވާފަ އެވެ. އެގޮތުން ޑްރަގް އެންފޯސް ޑިޕާޓްމަންޓް ހެޑް ނާހިދު ހުސެއިން ވިދާޅުވީ ކޮންމެ މަހަކު ވެސް އަތުލައިގަނެވޭ މަސްތުވާތަކެތި އެވްރެޖުކޮށް 10 ކިލޯއަށް އަރާކަމަށެވެ. އަދި މިހާތަނަށް ހޯދުނު ޖުމްލަ މަސްތުވާތަކެތީގެ އަގު 143 މިލިއަން ރުފިޔާއަށް އަރާކަމަށް ނާހިދު ވިދަޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: