ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންތަކަކާއި ގުޅިގެން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ދެމިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ލަގެޖުން އަތުލައިގަތް މަސްތުވާތަކެތި ބަލައި ފާސް ކުރަނީ/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

އަބޫދާބީގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލައެއްގައި ދެ ދިވެހިންނާއި ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި ފުލުހުންނާއި، ކަސްޓަމަސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ބުނީ މިދިޔަ ބުދަ ދުވަހު އެއާޕޯޓުން އެންމެ ފުރަތަމަ ހައްޔަރު ކުރީ ޕާކިސްތާނު މީހެއް ކަމަށެވެ.

އެ މީހާގެ އަތުން ފެނުނީ މަސްތުވާތަކެތި ހެރޮއިންއަށް ޕޮޒިޓިވްވިއިރު އެތަކެތީގެ މަގުމަތޫ އަގު ދެ މިލިއަން ރުފިޔާއަށް އަރައެވެ.

މައްސަލައިގައި ޝާމިލްވާކަމަށް ތުހުމަތު ކުރެވޭ، 25 އަހަރާއި 40 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ހައްޔަރުކޮށް ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

މައްސަލައިގެ މައުލޫމާތު ދެމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ވަހީދު ވިދާޅުވީ މައްސަލައިގައި އިތުރު ބައެއްގެ ބައިވެރިވުން ވެސް އޮތްކަމަށް ބެލެވޭތީ އެ މީހުން ވެސް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ތިބެ ޑްރަގް ނެޓްވޯކު ހިންގާ ދިވެހިންގެ ބައިވެރިވުން ވެސް މި މައްސަލައިގައި ހިމެނޭކަމަށް ތުހުމަތު ކުރެވޭކަމަށް ވަނީ ބުނެފަ އެވެ.

މުހައްމަދު ވަހީދު ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުގައި ތިބި އެފަދަ މީހުން ހޯދައި، ހިފެހެއްޓުމަށް ގާނޫނަށް އިސްލާހުތައް ގެންނަން ޖެހެއެވެ. އަދި އެކަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށްޓަކައި އިންޓަޕޯލްއާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދާކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ފުލުހުންނާއި، ކަސްޓަމްސް ވަނީ މި އަހަރުގެ މިހާތަނަށް އަތުލައިގަތް ބައެއް މަސްތުވާތަކެތީގެ މައުލޫމާތުތައް ދެއްވާފަ އެވެ. އެގޮތުން ޑްރަގް އެންފޯސް ޑިޕާޓްމަންޓް ހެޑް ނާހިދު ހުސެއިން ވިދާޅުވީ ކޮންމެ މަހަކު ވެސް އަތުލައިގަނެވޭ މަސްތުވާތަކެތި އެވްރެޖުކޮށް 10 ކިލޯއަށް އަރާކަމަށެވެ. އަދި މިހާތަނަށް ހޯދުނު ޖުމްލަ މަސްތުވާތަކެތީގެ އަގު 143 މިލިއަން ރުފިޔާއަށް އަރާކަމަށް ނާހިދު ވިދަޅުވި އެވެ.

މިފަދަ އެކި މައްސަލަތަކުގައި ހިމެނޭ ދިވެހިންނާއި އެކު ބިދޭސީން ވެސް ހައްޔަރު ކުރިއިރު ތުހުމަތު ކުރެވޭ 116 ބިދޭސީއަކު ވަނީ ޑީޕޯޓުކޮށްލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: