ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓާއި ނުލައި ގައުމުގެ އިގްތިސާދީ މިނިވަންކަން ޔަގީން ނުކުރެވޭނެ: ފަހުމީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓާއި ނުލައި ގައުމުގެ އިގްތިސާދީ މިނިވަންކަން ޔަގީން ނުކުރެވޭނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިފަދައިން ވިދާޅުވީ ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައިގެން ޝަރަފާއި މެޑަލް ޙާޞިލްކުރެއްވި ސްޓެލްކޯގެ 16 މުވައްޒަފުންގެ ޝަރަފުގައި ކުންފުނީގެ ހެޑް އޮފީހުގައި ހާއްސަ ހަފްލާގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ފަހުމީ ވިދާޅުވީ ކުންފުނީގެ ހިދުމަތްތައް ހީނަރުވުމަކީ، ދިވެހި ދައުލަތަށް ވެސް އޭގެ އަސަރުކޮށް އިގްތިސާދީ މިނިވަންކަން ދަށްވެގެން ދާނެ ސަބަބެއް ކަމަށެވެ. ފަހުމީ ވިދާޅުވީ ކަރަންޓާއި ނުލައި ގައުމުގެ އިގްތިސާދީ މިނިވަންކަން ޔަގީން ނުކުރެވޭނެ ކަމަށެވެ.

ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމާއި ގުޅޭގޮތުން ފަހުމީ ވިދާޅުވީ، އިތުރު ފުރިހަމަ ކަމާއިއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުންވެސް އެއްވެސް ހީނަރުކަމެއް ނެތި މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. ފަހުމީ ވިދާޅުވީ ސްޓެލްކޯއިން މިހާތަނަށް ހިދުމަތް ކުރަމުން އައީ، އަދި މުސްތަގުބަލުގައި ވެސް މަސައްކަތް ކުރާނީ ދިވެހި ދައުލަތަށް ކަމަށެވެ. އެހެންކަމުން ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގައި އެ ކުންފުނި ދެމި އޮންނަން ވާނީ އޭނާ ވިދާޅުވި ގޮތުގައި ވަރުގަދަ އަޒުމެއްގަ އެވެ.

ފަހުމީ ވިދަޅުވީ މުވައްޒަފުންގެ މަސައްކަތަށް އެއްވެސް ހީނަރުކަމެއް އައިސްގެން ނުވާނެކަށާއި، މިއީ ކުންފުންޏަކަށް ކުރާ މަސައްކަތަކަށް ވުރެ ބޮޑަށް ރައްޔިތުންނަށް ދޭ ހިދުމަތެއްކަމަށް ދެކެން ޖެހޭ ކަމަށެވެ. އަދި ސްޓެލްކޯއަށް މަސައްކަތް ކުރުމަކީ ދިވެހި ދައުލަތަށް ކުރެވޭ ހިދުމަތެއްކަން ފާހަގަކުރައްވައި ވިދާޅުވީ އެކަން ފުރިހަމަކަމާއި އެކު ވާސިލުވެވޭކަން ޔަގީން ކުރަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: