ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމުގެ ނަތީޖާ ފެންނަނީ އުޖާލާކޮށް، މިއީ ޖަވާބުދާރީވާ، ޖަވާބުދަރީ ކުރުވަނި ނިޒާމެއް: އާޒިމް

މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމުގެ ސަބަބުން، ރައްޔިތުން ބާރުވެރި ކުރުވައި ގައުމަށް ގެންނަން ޖެހޭ ބަދަލުތަކާއި ސިޔާސަތުތައް ތަންފީޒު ކުރުމަށް ހިޔާލު ބަދަލުކޮށް މަޝްވަރާގެ ކާމިޔާބީ ހޯދިފައިވާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މާލޭގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް، ސިޓީ ކައުންސިލުން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ރޭގެ ރަސްމިއްޔާތުގައި އާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ލިބުނު އެންމެ ބޮޑު އެއް ކާމިޔާބަކީ ލާމަރުކަޒީ ނިޒާމެވެ. އޭގެ ފަހުން މިވީ 14 އަހަރުގެ ތެރޭގައި ކުރެވުނީ ކާމިޔާބު މަސައްކަތެއް ތޯ ބަލާއިރު، ރައްޔިތުންނަށް ބަސް ބުނުމުގެ ހައްގާއި އެ ބާރު ލިބިފައިވާކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ސިޓީ ކައުންސިލުން ބާއްވަމުން އަންނަ ބައްދަލުވުންތަކަކީ، އޭގެ ހެއްކެއްކަމަށާއި ލާމަރުކަޒީ ނިޒާމެއްގެ ބޭނުމަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން މަސައްކަތް ކުރުންކަމަށެވެ.

އާޒިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގައުމުތައް ހިންގުމަކީ، ނުވަތަ ރަށްތަކާއި ސިޓީތައް ހިންގުމަކީ ރާއްޖޭގައި ވަރަށް ފަހުން އަމަލު ކުރަން ފެށި ނިޒާމެއް ނަމަވެސް ދުނިޔޭގެ ގައުމުތަކުގައި މި ނިޒާމަށް އަމަލު ކުރާތާ ގިނަ ދުވަސްވެެފައިވާކަމަށެވެ. އަދި އެކި ގައުމުތަކުގައި އަމަލު ކުރަމުން އަންނަ، އުސޫލުތައް ވެސް ތަފާތުކަން ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެއިތުރުން އާޒިމް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ލާމަރުކަޒީ ނިޒާމަށް ވެރިކަން ކުރަން ފެށީ 1970 ގެ އަހަރުތަކުގައި ކަމަށެވެ. އަދި ގައުމުތަކުގައި މި ނިޒާމު ތައާރަފު ކުރަން ޖެހުނު މައިގަނޑު ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ތަރައްގީވަމުން ދިޔަ ގައުމުތަކުގައި މައި ސަރުކާރުގެ ދަށުގައި ހުރިހާ ބާރެއް އޮވެގެން ހިންގަމުން ދިއުމުގެ ސަބަބުން ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި ފިކުރީ ގޮތުން ރައްޔިތުން އެދޭ ހަލުވި މިނުގައި ކުރިއަރައިގެން ނުދިއުމެވެ.

ގައުމުތަކުގައި މި ނިޒާމު ތަޢާރަފު ކުރަން ޖެހުނު މައިގަނޑު ސަބަބަކީ، ތަރައްގީ ވަމުންދިޔަ ގައުމުތަކުގައި، މައި ސަރުކާރުގެ ދަށުގައި ހުރިހާ ބަރެއް އޮވެގެން ހިނގަމުން ދިއުމުން، ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި ފިކުރީ ގޮތުން، ރައްޔިތުން އެދޭ ހަލުއި މިނުގައި ތަރައްގީ ވަމުން ނުދިއުމުން މި ނިޒާމަށް ބަދަލުކުރުމަށް ރައްޔިތުން ބާރުއަޅަން ފެށުން… މީގެ ނަތީޖާ މި ގައުމުތަކުން ފެނުނީ ވަރަށް އުޖާލާކޮށް. މީގެ ސަބަބުން މަދު އިގްތިސާދީ ވަޞީލަތްތައް ބޭނުންކޮށްގެން، ރައްޔިތުންގެ ބޭނުންތައް ފުދޭ ގޮތަށް މަޝްރޫޢުތައް ހިންގަން ފެށުނު. ދެ ފުށް ފެންނަ ސިޔާސަތެއް ކަނޑައެޅި، ޚިދުމަތް ދޭން ތިބި މީހުންނާ މެދު ރައްޔިތުން ފާރަވެރުމުގެ ފުރުޞަތު ލިބުނު. މީގެ ސަބަބުން ކޮރޮޕްޝަންނަށް ހުޅުވިގެންދާ ދޮރުތައް މަދުކުރެވުނު.

އާޒިމް ވިދާޅުވީ މި ނިޒާމުގެ ނަތީޖާތައް ވަރަށް ކާމިޔާބުކަމަށާއި، އޭގެ ސަބަބުން އިގްތިސާދީ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންގެ ބޭނުންތައް ފުއްދޭ ގޮތަށް މަޝްރޫއުތައް ހިންގަން ފެށުނު ކަމަށެވެ. އަދި ދެފުށް ފެންނަ ސިޔާސަތުތަކެއް ކަނޑައެޅި، ހިދުމަތް ދޭން ތިބި މީހުންނާއި މެދު ރައްޔިތުން ފާރަވެރިވެ ތިބުމަށް ވެސް ފުރުސަތު ލިބިގެން ދިޔަކަން ފާހަގަކުރެއްވި އެވެ. އާޒިމް ވިދާޅުވީ މީގެ ސަބަބުން ކޮރަޕްޝަނަށް ހުޅުވިގެން ދާ ދޮރުތައް މަދު ކުރެވިގެން ދިޔަކަމަށެވެ. އަދި ރައްޔިތުން ދައްކާ ޓެކްސް ފައިސާ ހަރަދު ކުރެވޭ ގޮތް ރައްޔިތުންނަށް ވަރަށް ގާތުން ވެސް ފެނިގެން ދިޔަކަމަށެވެ.

ލާމަރުކަޒީ ނިޒާމުގެ ސަބަބުން ރަށްތަކައި ސިޓީތަކުގެ ތަރައްގީގެ މަލަމަތި ބަދަލުވެގެން ދިޔައިރު އާޒިމް ވިދާޅުވީ މި ކަމުން ވެސް އެނގިގެން ދިޔައީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމަށްޓަކައި ރައްޔިތުން ބޭނުންވެގެން އުފެއްދި ނިޒާމެއް ކަމަށެވެ. އަދި މިއީ ޖަވާބުދާރީވާ، ޖަވާބުދަރީ ކުރުވަނި ނިޒާމެއްކަމަށް ވެސް ވިދާޅުވި އެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: