ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއާރުސީއެމަށް ހަބީބު އައްޔަނު ކުރުމަށް ފެންނަކަމަށް ކޮމިޓީން ފާސްކޮށްފި

އެޗްއާރްސީއެމްގެ މެންބަރު އަދި އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް/ ފޮޓީޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މަގާމަށް، އިސްމާއިލް ހަބީބު އައްޔަނު ކުރަން ފެންނަކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްކަން ވެސް އަދާކުރި، ހަބީބު އެ ކޮމިޝަނުގައި ގިނަ އަހަރު ދުވަހު މަސަައްކަތް ކުރެއްވުމަށް ފަހު ރިޓަޔަރ ކުރެއްވީ މެމްބަރުކަމުގެ ދައުރު ހަމަވުމުންނެވެ.

އެޗްއާރުސީއެމަށް ހަބީބު އައްޔަނު ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އޭނާގެ ނަން މަޖިލީހަށް ފޮނުވީ މި މަހުގެ 15 ގަ އެވެ. އެއަށް ފަހު އެ މައްސަލަ ދިރާސާ ކުރި ހިއުމަން ރައިޓްސް ކޮމިޓީން ވަނީ އިއްޔެ ހަބީބުއާއި އިންޓަވިއުކޮށްފަ އެވެ.

ހަބީބު ކޮމިޝަނަށް އައްޔަނު ކުރުމާއި މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ވިދާޅުވީ އެވްރެޖުކޮށް ހަބީބަށް ލިބުނު މާކްސް 70 އަށް ވުރެ މަތިކަމަށެވެ. އެހެންވެ، ހަބީބަކީ އެޗްއާރުސީއެމްގެ މެމްބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ގާބިލު ބޭފުޅެއްކަމަށް ކަނޑައަޅައި އޭނާ މަގާމުން އައްޔަނު ކުރުމަށް ފެންނަކަމަށް ހާޒިރުވެ ތިބި މެމްބަރުންގެ އިއްތިފާގުން ފާސްވިކަމަށް ވަނީ ނިންމާފަ އެވެ.

ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވާނެކަމަށް ބެލެވެނީ، އަންނަ ހަފްތާގެ ޖަލްސާއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: