ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަންޑޭގެ ޝަރީއަތް ފަށައި، ވަކީލަކު އައްޔަނު ކުރުމަށް 15 ދުވަސް

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) --
ޝެއާރކޮށްލާ ކަހަލަދޯ؟

ހަންބޯ ކުންފުނީގެ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭ ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ދައުވާ ކުރާ ހަސަން މަމްދޫހު (މަންޑޭ) ގެ ޝަރީއަތް ފަށައިފި އެވެ

ޓެކުމުގެ ދައުވާއާއި، އޮޅުވާލުމުގެ ދައުވާއާއި މަނީ ލޯންޑްރިންއާއި ސައްހަ ނޫން ލިއުމެއް ދިނުމުގެ ދައުވާ ހިމެނޭހެން 100 އަށް ވުރެ ގިނަ ދައުވާ އުފުލާފައިވާ މަމްދޫހުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައި ވަނީ މިއަދު އެވެ.

މި މައްސަލައިގައި މަމްދޫހުއާއި އެކު ދައުވާކުރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް ވަނީ އުފުލާގަ އެވެ. އެއްކޮށް ކުރިޔަށް ގެންދާ ޝަރީއަތުގައި، ދެ މީހުން ވެސް އެދިފައި ވަނީ ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދިނުމަށެވެ.

އެހެންވެ ގާޒީ ވަނީ މަމްދޫހުއާއި، ޖައިޝަންއަށް ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އަދި އެއަށް ފަހު ދެން ތާވަލު ކުރާ އަޑުއެހުމުގައ ދެ މީހުންނަށް ވަކީލު ހަމަނުޖެހުނަސް މައްސަލަ ކުރިޔަށް ގެންދަވާނެކަން އިއުލާނު ކުރެއްވި އެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ކޭޕާކް ރެސިޑެންސްގެ ފްލެޓުތަކުގެ މައްސަލަ ފެންމަތިވީ ފަހުން، އެންމެ ބޮޑަށް މީޑިއާތަކުގައި ފެންމަތިވީ މަމްދޫހުގެ އަގުބޮޑު ދިރިއުޅުމާއި ގުޅޭގޮތުންނެވެ. އެގޮތުން އޭނާގެ ހާލަތާއި ނުބައްދަލު މުއްސަނދިކަމާއި އެކު، ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ކުރާ ދަތުރުތަކާއި އަދި އަގުބޮޑެތި ހޮޓެލްތަކުގައި މަޑުކުރުން އަދި އޭނާ ދިރިއުޅެން ގަނެފައިވާ ޕެންޓް ހައުސްގައި މަޝްހޫރު އަގުބޮޑު ބްރޭންޑުގެ ސާމާނުތައް ހުރުން ފާހާގަކުރެވުނެވެ.

ކޭޕާކުގެ އެޕާޓްމަންޓުގެ ފެލެޓުތައް އެކި މީހުންނަށް އެއްތަން އަގުބޮޑުކޮށް ވިއްކި މައްސަލަ ފަޅާއަރާފައިވަނިކޮށް، ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މަންޑޭގެ އެޕާޓްމަންޓު ބަލައި ފާސްކޮށް އެތާ ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މަމްދޫހުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވަނީ އެ ގެއިން ފެނުނު ތަކެތީގެ ޖުމްލަ އަގުތައް ހުރީ މިލިއަނުން ކަމަށެވެ. އެގޮތުން ލަގްޒަރީ ބްރޭންޑެޑް އަތްދަބަސްތަކުގެ އަދަދު 90،000 ޑޮލަރަށް އަރާއިރު، 10،000 އާއި 15،000 ރުފިޔާއަށް ގަނެފައިވާ ގަހަނާތައް ހުއްޓެވެ، އަދި އަތުގައި އަޅާ ބައެއް ފިރިހެން ބްރޭސްލެޓްތައް 28،000 ޑޮލަަރަށް ގެނެފައި ވެއެވެ. އަދި 200 އަށް ވުރެ ގިނަ ބްރޭންޑެޑް ސެންޓުފުޅި ވަނީ ފެނިފަ އެވެ.

ޕެންޓް ހައުސްގެ އަގާއި، އެކު މިހާތަނަށް އެއް ކުރެވިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން އޭގެތެރެއިން ހިފެހެއްޓި ތަކެތީގެ ޖުމްލަ އަގު 14 މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: