އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލިސް ދާއިރާތަކުގެ ބައި އިލެކްޝަން ވޯޓުލުން ފަށައިފި އެވެ.
ހުސްވެފައިވާ ދާއިރާތަކަށް މެމްބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން މިރޭގެ 09:00 އާއި ހަމައަށް ކުރިޔަށް ދާނެ އެވެ.
އިންތިހާބުގެ ވޯޓުލުމުގެ ތައްޔާރީތަކާއި ގުޅޭގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެ ޕާޓީއަކީ އަބަދުވެސް އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ އަދި ވޯޓުން ކަންކަން ނިންމުމުގައި ނަމޫނާ ދައްކަމުން އައި ބައެއްކަމަށެވެ. އެމްޑީޕީ ހިންގުމުގެ ހުރިހާ ދާއިރާއެއްގެ ތެރޭގައި ވެސް އާންމު މެމްބަރުންގެ ބަސް ބުނެވޭނެކަމަށާއި މަޝްވަރާގެ ތެރެއިން އެންމެ ފަހުގެ ނިންމުން ނިންމާ ޕާޓީއަކީ ވެސް ހަމައެކަނި އެމްޑީޕީކަމަށް ޝާހިދު ވިދާޅުވި އެވެ.
މި ބައި އިލެކްޝަނުގައި 10،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އަދި ޝާހިދު ވަނީ ޕާޓީގެ އެ ދާއިރާގެ މެމްބަރުން ނިކުމެ ވޯޓުލުމަށް އެދިވަޑައިގެންފަ އެވެ.
ގައުމީ މަޖިލިސް އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލެ ސިޓީ ދާއިރާގެ ރައީސް ކަމަށެވެ. އެ މަގާމަށް ވާދަކުރައްވަނީ މާލޭގެ މޭޔަރު އާދަމް އާޒިމްއާއި، މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހެވެ.

