ނެތް ގަރާޖެއް ހުރިިކަަމަށް ދައްކައިގެން ސިޓީ އުފައްދަމުން ރެޖިސްޓްރީ ކުރުމަކީ މީގެ ކުރިން ބަޔަކު ފުޅާދާއިރާއެއްގައި ކުރަމުން އައި ވިޔަފާރިއެއްކަމަށާއި މިހާރު އުސޫލުން ބޭރުން އެފަދަ އެއްވެސް ކަމަކަށް ޖާގައެއް ނުލިބޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މާލޭއަށް ހަތަރުފުރޮޅު ލީ އުޅަނދެއް ރެޖިސްޓްރީ ކުރެވޭނީ އެ އުޅަނދު ބާއްވާނެ ގަރާޖެއް ދެއްކުމުންނެވެ. އަހަރުތަކެއް ފަހުން ގަރާޖުތަކަށް ކާރުތައް ރެޖިސްޓްރީ ކުރުން ވިޔަފާރިއަކަށް ވެ، އެއް ގަރާޖަށް އެތައް ސަތޭކަ ކާރެއް ރެޖިސްޓްރީކޮށްފައި އެވެ.
މާލެ ސަރަހައްދުގެ ތޮއްޖެހުން ހައްލުކުރުމުގެ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ރާވާއި ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ”މާލެ ފަހި“ ޕްރޮގްރާމްގެ މައުލޫމާތުތައް ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި މިނިސްޓަރ އަމީން ވަނީ ދެއްވާފައެވެ.
މާލޭގެ ހާލަތު މިހާ ހިސާބަށް ދިޔައީ އަމީން ވިދާޅުވި ގޮތުގައި 80،000 ރުފިޔާއާއި ލައްކައަކާއި ދެމެދުގެ އަގުތައް ނުވަތަ އެއަށް ވުރެ ބޮޑު އަގުގައި ގަރާޖު ސިޓީތައް ދައުރު ކުރުމުގެ ސަބަބުން ކަމަށެވެ. މާލޭގައި ގަރާޖުތައް ރެޖިސްޓްރީ ކުރަނީ ސިޓީ ކައުންސިލުންކަމާއި އަދި ހުޅުމާލޭގައި އެ މަސައްކަތް ކުރަމުން ދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ އެއީ ޓްރާންސްޕޯޓުގެ ގާނޫނީ ޒިންމާ ނިމޭ ސަބަބެއް ނޫންކަމަށެވެ.
އަމީން ވިދާޅުވީ މީގެ ކުރިން ކެޕޭސިޓީއަށް ވުރެ ގިނަ ސިޓީތަކެއް އުފައްދަމުން އައިކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ރެފަރެންސަކާއި އެކު މިނިސްޓްރީއަަށް މީހަކު އައުމުން މެއިލްއެއް ކުރުން ފިޔަވައި އިތުރު މަރުހަލާތަކެއް މިނިސްޓްރީން ކުރިޔަށް ނުގެންދާކަން ފާހަގަކުރެއްވި އެވެ. އެއީ ރަނގަޅު ގަރާޖެއްކަމަށް މެއިލްއަށް ޖަވާބު ލިބުމާއި އެކު ރެޖިސްޓްރީކޮށްދިނުމުގެ ނަތީޖާއަކީ އެފަދަ ހުރިހާ ވެހިކަލްއެއް ވެސް މަގުމައްޗަށް އުފަންވެގެން އައުންކަމަށް އަމީން ވިދާޅުވި އެވެ.
މި ހުރިހާ ދުވަހަކު މިކަންތައްތައް ހިނގަމުންދާ ގޮތަކީ، ގަރާޖުގެ ކެޕޭސިޓީއަށްތުރެ ބައިވަރު ސިޓީތަކާއި އެއްޗެހި އެކި މީހުންނަށް ލިބޭ އިންތިޒާމުތައް މި ހަދަނީ.. ޓްރާންސްޕޯޓު މިނިސްޓްރީއަށް މި އަންނަނީ ގަރާޖު ސިޓީ ހިފައިގެން.. އިންނާނެ ސިޓީ ކައުންސިލްގެ ރިފަރެންސެއް، ޓްރާންސްޕޯޓު މިނިސްޓްރީން މެއިލްކޮށްލާނެ މިއީ ރަނގަޅު ގަރާޖެއްހޭ ކިޔާފައި.. އެ ނުގަވައިދުން އެޗެހި ނެރޭ މީހުން ބުނާނީ އާނ އެކޭނު.. ހަމަ އާނ އެކޭ ބުނާއިރަށް ރެޖިސްޓްރީ ވާނެ.. މިހުރިހާ އެއްޗެއް މަގުމައްޗަށް މި އުފަންވަނީ..
އަމީން ވިދާޅުވީ މިއީ ބަޔަކު މީހުން އުފައްދައި މަންފާ ނަގަމުން އައި ވިޔަފާރިއެއްކަމަށެވެ. އެހެން ނަމަވެސް އުސޫލަށް ގެނައި ބަދަލާއި އެކު، އެ ވިޔަފާރި ކުރުމަށް އެއްވެސް ޖާގައެއް ނުލިބޭނެކަމަށް ވިދާޅުވި އެވެ.
މިއީ ހަމަ އުފައްދާފައި އޮތް ވިޔަފާރިއެއް.. މި ވިޔަފާރި ކޮންޓިނިއުވަމުން ދިޔައީމަ މާލޭގެ ހާލަތު މިހާ ހިސާބަށް ގޮއްސަ މިއޮތީ.. އެހެންވެ އަޅުގަނޑު ދެންނެވީ މިހާރު ގަރާޖު ސިޓީގެ ބޭނުމެއް ނުހިފޭނެއޭ..
ބައެއް ރެޖިސްޓްރޭޝަންތައް ކުރިޔަށް ނުގެންދެވޭކަމަށް ބުނަމުން ދިޔަ ނަމަވެސް އުސޫލުގެ ތެރެއިން ކުރެވޭ އެއްވެސްކަމެއް ހުއްޓުވާފައި ނުވާނެކަމަށް އަމީން ވިދާޅުވި އެވެ. އެކަމަކު އެއީ ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތީން ގަރާޖު ހުރެ ވެހިކަލްގެ ހުރިހާ ލިޔެކިއުންތަކެއް ވެސް ހަމަވެގެންކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މިހާރު ވަގަށް ގަރާޖު ސިޓީ ހޯދަން ނުވަތަ ސިޓީ ގަންނަން ނުޖެހޭނެކަމަށާއި، އެފަދަ ގޮތަކަށް އަންނަ ބަޔަކުގެ ބޭނުން ފުރިހަމަކޮށް ނުދެވޭނެކަމަށެވެ. އަދި ވިދާޅުވީ ނެތް ގަރާޖެއް ހުރިކަމަށް ދައްކައިގެން މީގެ ކުރިން ރެޖިސްޓްރީ ކުރަމުން އައި އެކަމަށް ޖާގަދީ އެ މާހައުލު އުފެއްދުމުން ކަމަށެވެ.
މިފަދަ ނާޖާއިޒް ފައިސާ ނެގުމަށްޓަކައި، އެފަދަ މާހައުލެއް ކްރިއޭޓު ކުރަނީ ބަޔަކު މީހުން.. ބައްލަވައްޗޭ އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ދެތިން ހަތަރު މަސް ދުވަހުގެ ތެރޭގައި އިތުރު ރިކުއެސްޓު ވެސް.. އަޅުގަނޑަކާއި ހަމައަށް ނާންނާނެ، ނުވަތަ މިނިސްޓްރީއާއި ހަމައަށް ނާންނާނެ..
މީގެއިތުރުން އެތައް ބަޔަކަށް ނޭނގި އެ މީހުންގެ ގަރާޖުތަކުގައި ގިނަ އަދަދެއްގެ ވެހިކަލް ރެޖިސްޓްރީކޮށްފައިވާކަމަށް އަމީން ވިދާޅުވި އެވެ. އަދި ގަރާޖު ނެތް ގެތަކުގައި، ގަރާޖު ހުރިކަމަށް ބުނެ ވެސް ދޮގު ޑޮކިއުމެންޓުތައް އެތަނެއްގެ ވެރި މީހާކަށް ނޭނގި އުފައްދާފައިވާކަމަށެވެ. އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ފެށުމާއި އެކު، ލިބުނު ބައެއް ރިޕޯޓުތަކަށް އެސެސްމަންޓުތައް ގެންގޮސްފައިވާނެކަމަށް އަމީން ވިދާޅުވި އެވެ.


4 Responses
ގަރާއްޖެ ނެތި އުޅަނދު ވެސް އެތެރެ ކުރެވިގެން ނުވާނެ އެތެރެކޮށްފަ ރެޖިސްޓަރ ނުކުރެވެންޏާ މަގުމައްޗަށް އުޅަނދު ވާނީ ގިނަ
ކޮންޓެކްޓް ޓްރޭސިންގް ހަދައިގެން ނަމަވެސް ސިޓީ ކައުންސިލް އާއި ޓްރާންސްޕޯޓު މިނިސްޓްރީ ތެރެއިން ތި އިހުމާލުވީ ހުރިހާ ފަރާތަކައް ގާނޫނީ ގޮތުން އަދަބުދީ ޖޫރިމަނާ ވެސް ކުރަންވީ. އަދި ގެއްްލުން ވިހުރިހާ ފަރާތަކަށް ބަދަލު ދީ ހައްލެއް ހޯދައިދިނުން ވަރަށް މުހިންމު.
ޥެހިކަލް ދުއްވަން ވީ ހަމަ އެކަނި މާލޭ މަހުޖަނު އެކަނި ތޯ
ޢާދައިގެ ރައްޔިތު މީހާ އައް ވެސް އެ ފުރުސަތު އޮންނަން ގޖެހޭނެ
މާލެތޮއްޖެހުން ހުއްޓުވިގެންތިހުރިހާކަމެއްވެސްކުރިއަށްދާނީ މާލެއަށްތިގިނަވާ ވެހިކަލްތަށް މާލޭންމަދުވާނެ ރާއްޖެތެރޭގެ ސިޓީތަކުން މާލޭން ލިބޭހުރިހާހިދުމަތްތަށް ރާއްޖެތެރޭގެ ސިޓީތަކުންލިބިފަ އެހިދުމަތްތަކުގެފެންވަރު ރަނގަޅުކޮއްދިނީމަ މޮޅެތިނަންނަން ކިޔާފަރީތިތަންތަން ރާއްޖެތެރޭގަހެދުމަކުން މާލެއަށް މިގިނަވާ ވެހިކަލްތަކައްހައްލެއްނާންނާނެ މިމާލެއަށް ރާއްޖެތެރޭންމީހުންއާސް ތޮއްޖެހެން ފުރުސަތުތިދޭގޮތަށް އެމީހުންދުއްވާނެ ވެހިކަލްވެސް އިތުރުވާންޖެހޭނެ