ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުއްރަހީމް ރައީސް ޔާމީނަށް: ދުރަށްޖެހުނީ އެހެން ބޭފުޅަކު ވެރިކަން ކުރާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެން!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރާއި ދުރަށް ޖެހުނީ ހެން ބޭފުޅަކު ވެރިކަން ކުރާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެންކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕަލް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ސަރުކާރާއި ފެޔަށް ޖެހިވަޑައިގެން ސަބަބާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރާއި ދުރަށް ޖެހުނީ ހައްދަވާ ގޯސްތަކުން ”ހަޖަމު“ ނުވެގެންކަމަށެވެ.

މި ވާހަކަތަކަށް ރައްދުދެއްވާ ހިއްސާ ކުރެއްވި އެކްސްއެއްގައި އަބްދުލްރަހީމް ވަނީ ރައްޔިތުން ހެއްލިދާނެކަމަށް މާމޮޅު ވާހަކަ ދައްކަވަން ނޫޅުއްވުމަށް ރައީސް ޔާމީންއަށް ގޮވާލައްވާފައެވެ. ސަރުކާރާ ދުރަށް ޖެހުނީ ހުރި ބޮޑާކަމާ ކިބުރުވެރިކަމެއްގެ ބޮޑުކަމުން، އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެންކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ވެރިކަމުގެ ޢިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމަކުންކަމަށްވެސް ވިދާޅުވެފައިވެއެވެ. މިކަން މިއަދު ރައްޔިތުނަށް ޔަގީންވަނީ ސިޔާސީގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން ޖަހާ ހަޑިހުތުރު މުޑުދާރު ސަކަރާތުންކަމަށްވެސް އަބްދުލްރަހީމް ވިދާޅުވިއެވެ. އެ އިޝާރާތް ކުރެއްވީ ރައީސް ޔާމީންގެ ދައުރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލްއަށެވެ.

ޕީއެންފްގެ ޖަލްސާތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއެވެ. އަދި ޒާތީ ގޮތުން ބަހުގެ ހަމަލާތައް ދެއްވާ، ކޮރަޕްޝަންގެ ތުހުމަތުތައްވެސް ކުރައްވަމުން ގެންދަވާއިރު، މިއީ ސަރުކާރާއި ދެކޮޅަށް ޖެހިވަޑައިގެން ސަބަބުތައްކަމަށް ވިދާޅުވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: