ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން ހިތްހަމަނުޖެހުނީ، ޒޭންއަށް ޓޫރިޒަމް މިނިސްޓަރުކަން ނުދީގެން: ޝުޖާއު

ރައީސް ޔާމީން އަދި ދަރިކަލުން ޒޭން-
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިތްހަމަނުޖެހުނީ، އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނަށް ސިޔާސީ މަގާމެއް ނުދީގެންކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ސަރުކާރާއި ދުރަށް ޖެހުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރު ކުރައްވަމުން ގެންދަވާ ގޯސްތަކުގެ ސަބަބުންކަމަށް ރައީސް ޔާމީން ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ. އެމަނިކުފާނު އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވި، ޕީއެންއެފް ޖަލްސާއެއްގައި ޕާޓީގެ މެމްބަރު މަލީހު ޖަމާލު ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ މަންމާފުޅާ ގުޅުވައި ދެއްކެވި ވާހަކައެއްގެ މައްސަލަ ވެސް ވަނީ ހޫނުވެފަ އެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް ވަނީ، އެ މައްސަލައިގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މަލީހު ސާޖިދާއާއި ގުޅުވައި، ވާހަކަ ދައްކަވަމުން ގެންދެވި ވަގުތު ޖަލްސާގެ ކުރީ ސަފުގައި ހުންނެވި ރައީސް ޔާމީން އެކަމަށް ހިތްވަރު ދެމުން ގެންދެވި އެވެ.

އެރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ޕާޓީއަށްވެ ސަރުކާރަށް ފާޑުކިއުމަށް އެމަނިކުފާނުގެ އެއްވެސް ޝައުގެއް ނެތެވެ. އަދި ރައީސް މުއިއްޒާ ދުރުވާން ޖެހުނީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި ބޮޑެތި ގޯސްތަކެއް ހައްދަވާތީ އެކަން ބަލައިގަތުމަށް އުނދަގޫވުމުންނެވެ.

އެ ވާހަކަތަކަށް ރައްދު ދީ، ޝުޖާއު ވިދާޅުވީ ރައީސް ޔާމީން ޕީއެންސީގެ ވެރިކަމާއި ދުރަން ޖެހުނީ ހުވާކުރުމުގެ ރަސްމިއްޔާތަށް ވުރެ ވެސް ކުރިން ކަމަށެވެ. އަދި ރަސްމީކޮށް ވަކިވެވަޑައިގަތީ، ރައީސް މުއިއްޒުގެ ވެރިކަމަށް ހަފްތާއެއް ވެސް ނުވަނީސްކަމަށް ވިދާޅުވި އެވެ.

އެހެންކަމުން އެ ހަ ދުވަސްތެރޭގައި، ރައީސް މުއިއްޒު ހެއްދެވީ ކޮން ގޯހެއްތޯ ޝުޖާއު ސުވާލު އުފެއްދެވި އެވެ. ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ އޮތް މައްސަލައަކީ ޒޭންއަށް ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމު ނުލިބުން ކަމަށެވެ.

މީގެއިތުރުން ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީން ނޫން އެހެން މީހަކު ވެރިކަން ކުރާތަން ބަލަން އެމަނިކުފާނަށް ކެތް ނުކުރެވޭ ކަމަށެވެ.

އެއީ ވެރިކަމުގެ ބާރަށް ދަހިވެތިވުމުގެ އަސަރުތައްކަމަށާއި، އެކަން އެންމެ ބޮޑަށް ދޭހަވަނީ ފެއިލްވެފައި ތިބި ބަޔަކާއި އެކު ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދެވުންކަމަށް ޝުޖާއު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ހިތްހަމަނުޖެހުން ހުރީ، ޒޭންއަށް ވަކި މަގާމެއް ނުދީގެންކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއިރު ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކީ އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރައީސް ޔާމީނަށްވެސް ރަނގަޅަށް ހަމަ އިނގޭނެ ޒޭންއަކީ ތިބުނާކަހަލަ އުރަތްޕެއް ހުންނަ މީހެއް ނޫންކަން. މިހާރުވެސް އުޅޭ ފާޑު އެހެރީ. ދެން އޭނައަށް އެވަރު މަޤާމެއް ނުލިބުނޭ ކިޔާ ތިހާވަރެއް ވާކަށް އަދި ނުވޭ ނޫންތޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: