ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ކެތްނުވާވަރަށް، ޓްރެފިކް ގޯސްވުމުގެ ޒިންމާ ނަގަން ޖެހޭނީ ކުރީގެ ސަރުކާރުތައް: އަމީން

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ދިވެހި ރައްޔިތުންނަށް ކެތް ނުކުރެވޭ ވަރަށް، މާލޭގެ ސަރަހައްދުގެ ޓްރެފިކް ގޯސްވުމުގެ ޒިންމާ ނަގަން ޖެހޭނީ ކުރީ ސަރުކާރުންކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި، މާލޭގެ ސަރަހަދު ނޫން އެހެން ޒޯނެއްގެ ކާރުތައް ހުޅުމާލޭގައި ޕާކުކޮށްފައި ވަނިކޮށް އެތަކެތި ވަނީ ޓޯ ކުރަން ފަށާފަ އެވެ. އަދި ޓްރެފިކް ގަވައިދާ ހިލާފަށް މަގުމަތީ ޕާކު ކުރާ އުޅަނދުތައް ޓޯ ކުރަމުން ގެންދާތީ ބައެއް މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ފާޑުކިއުންތަކަށް އަމީން ވިދާޅުވީ، ގަވައިދާ ހިލާފަށް ޕާކު ކުރުމުން އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅައި އެއީ އާދައިގެ ކަމެއްގެ ގޮތުގައި ހެދީ ކުރީ ސަރުކާރުތަކުން ކަމަށެވެ. އަދި ގަރާޖު ސިޓީގެ މައްސަލަ ބޮޑުވެ، އެއްވެސް ގަރާޖެއް ނެތި މާލޭގެ މަތުމައްޗަށް ވެހިކަލްތައް އުފަންވެގެން އައީ ވެސް އެ ސަބަބާއި ހުރެކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މި މައްސަލަ ހައްލުވާން އޮތީ، ހުރިހާ ރައްޔިތުންގެ ވެސް މަސްލަހަތު އިސްކޮށްގެން ކަމަށެވެ. އެދި އެ މަސައްކަތުގައި އާންމުންގެ އެހީތެރިކަން ލިބޭތީ ޝުކުރު އަދާކުރާކަމަށް އަމީން ވިދާޅުވި އެވެ.

މި މައްސަލައިގައި ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގައި ބަޔާން ކުރާ އިޖުރާއަތްތައް ފުރިހަމަކޮށް ހުށަހަޅާ އުޅަނދުތަކުގެ ރަޖިސްޓްރޭޝަން ޕްރޮސެސްގެ ތެރޭގައި، އެ ގަރާޖަކީ އުޅަނދު ބޭއްވޭގޮތަށް ހުރި ތަނެއްތޯ ބަލައި މިހާރު ކަށަވަރު ކުރާކަމަށެވެ. އަދި އަދި ގަރާޖުގެ ވެރިފަރާތުގެ ކޮންސެންޓް ވެރިފިކޭޝަން ފުރިހަމަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ފުރިހަމަ ކުރެވޭކަމަށް ވިދާޅުވި އެވެ.

ގާނޫނާއި ގަވައިދަށް އަމަލު ނުކުރުމުގެ ސަބަބުން، ބޮއްސުންލާފައި އޮތް ވެހިކަލްތަކުގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން މިހާރު އެފަދަ ގޮތަކަށް އަމަލު ކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓަރީގެ ގަވައިދުގައި ކުރީގައި އޮތީ ވަރަށް ގިނަ ރީސާޗްތަކެއް ހެދުމަށްކަމަށާއި އެހެން ނަމެސް މި ސަރަހައްދަށް ކޭޓަރ ނުކުރެވޭ ވަރަށް ވެހިކަލްތައް އިތުރުވެފައިވާކަން އެއީ ހާމައަށް ފެންނަން އޮތް މަންޒަރެއް ކަމަށެވެ.

ކޮން ރީސާޗެއް ހަދަންވީ، އެންމެ ކުޑަ ކުއްޖާއަށް ވެސް އެނގޭނެ، މާލެ ސަރަހައްދު މިއޮތީ މީހުންނަށް ނޫޅެވޭ ހިސާބަށް ވެހިކަލްތަކާއި ކާރުތައް ގޮސްފައިކަން.. އެހެންވީމަ ލިމިޓު އަންނަން ޖެހޭ.. ރީސާޗް ހަދަން ނުޖެހޭ ވަރަށް، ޔަގީން ކުރެވޭ ވަރަށް މިއޮތީ… މާލޭގެ ސަރަހައްދުގައި ބޭނުން ކުރެވެން ހުރި ބިމުގެ.. ވެހިކަލްތައް ނެރެ އަތުރާލާފައިއާ 65 ޕަސަންޓަށް ވުރެ ބޮޑުބައެއް އެބަ އޮކިއުޕައި ކުރޭ މިހާރު…

އަމީން ވިދާޅުވީ ކެރީއިން ކެޕޭސިޓީ ޑިކްލެއާ ކުރުމުގެ ސަބަބުން، ހާލަތު އިތުރަށް ގޯސް ނުވާނެކަމަށެވެ. މާލެ ފެހި ޕްރޮގްރާމްގައި ބައި ބެކް ޕްލޭނެއް ހިމަނާފައި ވަނީ އަމީން ވިދާޅުވި ގޮތުގައި އިމްޕޯޓު ހުއްޓޭތީ އެވެ.

މާލެ ސަރަޙައްދުގައި 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާއިރު، އެކަކުގެ ނަމުގައި ވެސް ހާހަކަށް ވުރެ ގިނަ ވެހިކަލް ރެޖިސްޓްރީކޮށްފައި ވެއެވެ. މިނިސްޓަރ ވިދާޅުވީ ތަފާތު ލޯން ސްކީމްތައް މެދުވެރިކޮށް، ނަގައި އަދި އެފަރާތްތަކަށް ފައިސާ ދެއްކުމަށް ދަތިވެފައިވާ ގިނަ ޢަދަދެއްގެ އުޅަނދުތައް ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތައް ހުންނަ ބައެއް އުޅަނދުތަކަކީ އޭގެ ހަމަ އަގުގައި ފަސޭހައިން ވިއްކާލެވޭނެ ރަނގަޅު ފުރުސަތެއް ނެތް އުޅަނދުތަކެއްކަން އަމީން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިދިޔަ 5 އަހަރު އެތާހުރި މީހެއްގެ ޒާތީ ކަމާ ނާޤާބިލުކަމުގެ ސަބަބުން މިއަދު މިހާ ކޮންޓްރޯލުން މި ނެއްޓީ މިކަންކަން. މިހާރު މިފެންނަނީ ވަޒީރު އަމީން އައިސް ކަންކަން ބާރަށް ނިކަން އަވަހަށް ޙައްލު ކުރައްވަމުން ގެންދަވާ މަންޒަރު. ސާބަހޭ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: