ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި ޕޯޓްގައި ގާއިމްކުރާ ބޯޓް ޔާޑްގެ މަސައްކަތް ނިމުމަކާއި ގާތަށް!

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އަދި މެނޭޖްމަންޓްގެ ބައެއް ބޭފުޅުން ކުޅުއްދުއްފުށި ޕޯޓަށް ވަޑައިގަތުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ހދ. ކުޅުދުއްފުށި ޕޯޓްގައި ގާއިމްކުރާ ބޯޓް ޔާޑްގެ މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

މި މަސައްކަތާއި ގުޅިގެން މައުލޫމާތު ދެމުން އެމްޕީއެލްއިން ބުނީ ކުޅުދުއްފުށި ޕޯޓްގެ ސަރަހައްދުގައި ޑޮކްޔާޑަށް ހަދާ 15،000 އަކަ ފުޓޫގެ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އަދި މެނޭޖްމަންޓްގެ ބައެއް ބޭފުޅުން ކުޅުއްދުއްފުށި ޕޯޓަށް އިއްޔެ ވަނީ ވަޑައިގެންފައިކަމަށެވެ.

ބޯޓް ޔާޑްގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ވޯކްޝޮޕްގެ ފިނިޝިންގެ މަސައްކަތްކަމަށް އެ ކުންފުނިން ބުންޏެވެ. މި މަސައްކަތް ނިންމައި، މި ހިނގާ އޮގަސްޓް މަހުގެ ތެރޭގައި ބޯޓް ޔާޑް ހިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭކަމަށް ފާހަގަކޮށް އެމްޕީއެލްއިން ބުނީ، ފިނިޝްގެ މަސައްކަތްތައް ނިންމައި، ހިދުމަތް ފެށުމުގެ ކުރިން ޑޮކްޔާޑަށް ބޭނުންވާ މުވައްޒަފުން ހޯދަން އިއުލާންކުރާނެކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ހިދުމަތްތަކެއް ފެށުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައި، މި ބޯޓް ޔާޑަކީވެސް މެރިޓައިމްގެ ހިދުމަތުގައި މުހިންމު ބަޔަކަށްވާނެ ކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މެރިޓައިމް ދާއިރާ ފުޅާކުރުމަށް ރާވައިފައިވާ ޕްލޭންތަކުގެ ދަށުން، އުތުރުގައި މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ފެށުމަށް ދަނީ ތައްޔާރުވަމުންކަމަށް އެމްޕީއެލްއިން ބުންޏެވެ. އެގޮތުން އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފެށުމާއި ޔޮޓް މެރީނާއެއް ގާއިމްކުރަން ފެށުމުގެ މަސައްކަތްތައް ވަރަށް ހަލުވި ސްޕީޑެއްގައި އެބަ ކުރިއަށްދާކަމަށް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: