ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޭރޯލްއާއި ބަލްކް ޕޭމަންޓު އިންޓަނެޓް ބޭންކިން އާއި ފަަވަރައިން ޕްރޮސެސްކުރުން މެދުކަނޑާލައިފި

މީހަކު ބީއެމްއެލްގެ އެޕް ބޭނުން ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕޭރޯލްއާއި ބަލްކް ޓްރާންސްފާގެ ހިދުމަތް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފޯރުކޮށް ދިނުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުކަނޑާލައިފި އެވެ.

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އާންމު ކުރި ޕޯސްޓެއްގައި ބީއެމްއެލް ބުނެފައި ވަނީ އިންޓަނެޓް ބޭންކިންއާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަވަރަ މެދުވެރިކޮށް ޕޭރޯލްއާއި ބަލްކް ޓްރާންސެކްޝަން ހެދުން ހުއްޓާލީ ވަގުތީ ގޮތުން ކަމަށެވެ.

މި ހިދުމަތް މިވަގުތަށް ހުއްޓާލި ނަމަވެސް، payroll@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުން ޕޭރޯލްތައް ޕްރޮސެސްކޮށް ދޭނެކަމަށް ބީއެމްއެލް ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ޕްރައިވެޓް ކުންފުންޏެއްގައި މަސައްކަތް ކުރަމުން ދާ ގިނަ އަދަދެއްގެ މުވައްޒަފުންގެ އެކައުންޓަށް އޮޅުމަކުން ބިލިއަނުން ޑޮލަރު ޖަމާވި މައްސަލައެއް މިފަހުން ދިމާވި އެވެ. އެ މައްސަލައިގައި ބީއެމްއެލް ބުނީ، ބޮޑެތި އަދަދުތަކުން އެކައުންޓަށް ފައިސާ ޖަމާވެފައި ވަނީ ހިއުމަން އެރާއެއްގެ ސަބަބުން ކަމަށެވެ.

މައްސަލަ އެގޮތަށް ދިމާވީ، ބޭންކުން ބުނި ގޮތުގައި ޕޭރޯލް ޕްރޮސެސިންގެ ބަލްކް ޕޭމަންޓަށް މިފަހުން ގެނައި ބަދަލަކާއި ގުޅިގެން ކަމަށެވެ. ބެލެވޭ ގޮތުގައި ޕޭރޯލްއާއި ބަލްކް ޓްރާންފާތައް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޕްރޮސެސް ކުރުން މެދުކަނޑާލީ އެ މައްސަލަ ހައްލު ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: