ރާއްޖެއިން ބޭރުގައި ތަޢުލީމް އުގެނެމުންއަންނަ ކުދިންގެ ދަފްތަރުގައި މިހާތަނަށް އެއްހާހަށްވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ސަރުކާރުން ދޭ ސްކޮލޮޝިޕާ ލޯނުގައި ކިޔަވަމުން އަންނަ ކުދިންގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވަމުން ދާ ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވާލެވުނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކަމަށެވެ. އަދި މި ދަފްތަރު ހުޅުވާލިފަހުން މިހާތަނަށް 1878 ދަރިވަރަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ބައިލެޓަރަލް ސްކޮލަރޝިޕްގައި ހިމެނޭ 114 ދަރިވަރުންނާ ސަރުކާރު ސްކޮލޮޝިޕުން 293 ދަރިވަރުންގެ އިތުރުން ސަރުކާރު ލޮނުގެ ދަށުން 1402 ދަރިވަރުން އަދި އަމިއްލަ ޚަރަދުގައި ނުވަތަ އެހެނިހެން ގޮތްގޮތުން ކިޔަވަމުން އަންނަ 69 ދަރިވަރުން ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
އެ މިނިސްޓްރީން ބުނީ މިގޮތަށް ދަފްތަރެއް އެކުލަވާލެވުމުގެ ބެނުމަކީ ރާއްޖެއެއިން ބޭރުގައި ތައުލީމް އުގެނަމުން އަންނަ ދަރިވަރުންގެ ކަންކަން މޮނީޓަރކޮށް ބެލެހެއްޓުމުގައި ލުއިފަސޭހަ ގޮތްތަކެއް ފަހިކުރުން ކަމަށެވެ.

