ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަގާމުތަކަށް ކުރާ ހަރަދު އަހަރެއްގެ މައްޗަށް ބިލިއަނަކަށް އަރާނެކަމަށް ލަފާކުރެވޭ: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ސިޔާސީ މަގާމުތަކަށް ކުރާ ހޭދަތައް އަހަރެއްގެ މައްޗަށް ޖުމްލަ އެއް ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ.

ސަރުކާރުތަކުގެ ސިޔާސީ މަގާމުތައް އިތުރުވެ، އަބަދުވެސް ރައްޔިތުންގެ ފާޑުކިއުން އަމާޒުވާއިރު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް މުއިއްޒު ވައުދުވީ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދޭނެ ބޭފުޅުންތަކެއް މަގާމުތަކަށް އައްޔަނު ކުރުމަށެވެ. އެގޮތުން ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުވާނެކަމަށް ވިދާޅުވި އެވެ.

ސަރުކާރަށް ހަ މަސް ވެގެން ދިޔައިރު އެންމެ ބޮޑަށް ކުރާ އެއް ޝަކުވާއަކީ ސިޔާސީ މަގާމުތައް އިތުރުވަމުން ދާކަމަށެވެ. އެކަމަކު އަދަދުތަކާއި ގުޅޭގޮތުން ދެކެވެނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއްކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެފައި ވެއެވެ. އަދި ތަފާތު އެކި އަދަދުތައް މީޑިއާތަކުގައި ފެންމަތިވެފައި ވެއެވެ. އަދި އޭގެ ފަހުން ކޮންމެހެން ނަގަން ޖެހޭ މަގާމުތަކަށް، ފިޔަވައި އިތުރު ސިޔާސީ މަގާމުތައް ނުއުފައްދާނެކަމަށް ސަރުކާރުން އިއުލާނު ކުރި އެވެ.

ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން، ކުރީ ސަރުކާރުން ދީފައި ހުރި ފައިސާ ތަފްސީލުތައް ހޯދުމަށް ނިންމި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ފައިސާ ބެލެވޭނީ އެއީ ރައްޔިތުންގެ މުދަލުގެ ގޮތުގައިކަމަށެވެ. އަދި ބަދަލުގެ ގޮތުގައި ދޫކުރާ ފައިސާއެއް ނަމަވެސް، ނުވަތަ އެހެން ގޮތަކަށް ވެސް ހިޔާނާތްތެރިވުމުގެ ޖާގަ ދެވިގެން ނުވާނެކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި ދައުލަތުގެ ތެރެއިން ފެންނަނީ، ވަކި ބަޔަކަށް ނާޖާއިޒް ފައިސާ ހޯދައިދިނުމުގެ ގޮތުން ސިޔާސީ މަގާމުތައް ވެސް އިތުރު ކުރާ މަންޒަރެވެ. އަދި ސިޔާސީ މަގާމުތައް އިތުރުވެގެން ގޮސް، އޭނާގެ އަންދާޒާއަކީ އެ އަހަރަދުތައް ބިލިއަނަކަށް އަރާނެކަމަށް ޝަމްހީދު ވިދާޅުވި އެވެ.

މިއީ ހައްތާ ވެސް ދައްކަން ހުރި ވާހަކަތައްކަމަށާއި، ކޮރަޕްޝަނަކީ ހަމައެކަނި ވަގަށް ނަގާ ފައިސާއެއް ނޫންކަމަށް ޝަމްހީދު ވިދާޅުވި އެވެ.

އެހެންވީމަ އަޅުގަނޑުމެން އެބަ ބަލަން ޖެހޭ، ކިހާވަރަކަށްތޯ މިއުޅެނީ ބޭނުން ނުވާވަރަށް  ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކަށް މީހުންލައިގެން.. މިއީ ކޮންމެ ދުވަހަކު ވެސް ކުރާ ހަރަދެއް.. އަޅުގަނޑުގެ އަންދާޒާއަކީ އަހަރަކު ބިލިއަނެއް ހަރަދުވާނެއޭ.

ޝަމްހީދު ވިދާޅުވީ ސަރުކާރުން ކުރަންވީ ކަމަކީ ސިޔާސީ މަގާމުތަކުގެ އަދަދު ދަށްކޮށް، ރިކަރަންޓު ހަރަދު ކުޑަރުމެވެ. އޭނާ ވިދާޅުވީ މިދިޔަ އަހަރާއަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ދައުލަތުން ސިޔާސީ މަގާމުތަކަށް 700 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ. އަދި ވިދާޅުވީ މި ބޭކާރު ހަރަދު ކުޑަކޮށްގެން ނޫން ގޮތަކަށް، ބޭރުގެ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގައި އެހީއަށް އެދެވޭނެ ގޮތެއް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: