ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ބިދޭސީއެއްގެ ވޮލެޓް ފޭރިގަތް ދެ މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ބިދޭސީއެއްގެ ވޮލެޓް ފޭރިގަތް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:40 އެހާކަންހާއިރު ހެންވޭރު ޕޮލިސް ސްޓޭޝާނުގެ ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު، ސޯސަން މަގުން ސައިކަލެއްގައި ދިޔަ ދެ މީހަކު ބިދޭސީއެއްގެ ވޮލެޓް ފޭރިގެން ދިޔަ ކަމުގެ މައުލޫމާތު އެ ފުލުހުންނަށް ދީފައިވާ ކަމަށާއި އެމައުލޫމާތާއި އެކީ އެ ސައިކަލު ފަހަތުން ގޮސް ދުއްވި މީހާ ކަސްތޫރީ މަގުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސައިކަލު ފަހަތުގައި އިން މީހާ އެ ހިސާބުގެ ގެއަކަށް ވަދެފައިވާ ކަމުގެ މައުލޫމާތު ލިބުމުން އެމީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ހުރިތަން ބަލައި ފާސްކުރިއިރު އެ ވޮލެޓުގައި ހުރި އެމެރިކާ ޑޮލަރު އޮސްޓްރޭލިއާ ޑޮލަރުގެ އިތުރުން ދިވެހި ފައިސާ ފެނިފައިވާ ކަމަށެވެ. އަދި އެތަކެތި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ސ. މަރަދޫ/ސުލްތާން ވިލާ މުހައްމަދު ރިމާހު އާއި އިބްރާހިމް ޝުޖާއު ކަމަށެވެ. ޝުޖާއު އަކީ ވެސް ސުލްތާން ވިލާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހުން ހައްޔަރުކޮށް މައްސަލައިގައި ބަލަން ޖެހޭކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: