ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރެކްޝަން 13 އޮފިސަރުންގެ މައްޗަށް ދައުވާކޮށްދޭން ޕީޖީއަށް ފޮނުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދާ ކަމަށް ތުހުވި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ތެރެއިން 13 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މާފުށީ ޖަލުގައި ފުލުހުން ހިންގި އޮފަރޭޝަނެއްގައި ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމަށް ކުރާ ތުހުމަތާއި ގުޅިގެން ބެލި ބެލުމުގައި ހެކި ހުރުމުން އެ އޮފިސަރުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މައްސަލައިގައި 18 މީހަކު ބައިވެރިވެފައިވާ ކަމަށް ބެލެެވެއެވެ. އަދި އެ އޮފިސަރުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވެއެވެ. ހަމައެއާއެކު އެއް އެފިސަރެއްގެ އެކައުންޓަށް އެކި ފަހަރުމަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ  މައުލޫމާތު ދެއްވާފައެވެ.

ހައްޔަރު ކުރި 13 އޮފިސަރުންގެ ތެރެއިން 9 މީހަކމާފުށިން ހައްޔަރުކޮށްފައިވާ އިރު، ކާށިދޫއިން ވަނީ 2 މީހުން ހައްޔަރުކޮށްފައެވެ. އަދި އުތީމާއި މާލެއިންވެސް އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

ޖޫން 28 ގައި ހައްޔަރު ކުރި 13 ކަރެކްޝަންސް އޮފިސަރުން ހައްޔަރުކޮށް މާފުށީ ޖަލުގައި ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ދައުލަތުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ މަގާމެއްގައި ތިބި ބަޔަކު ރިޝްވަތު ހިފުމަކީ ކުށެއް ކަމަށާއި ރިޝްވަތު ހުށަހެޅި މީހުންނާއި އޭގައި ހިފި މީހުންނާ މެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޖަލަށް ފޯނާއި ޑްރަގްސް ވައްދާ މައްސަލައިގައި 18 މުވައްޒަފަކު އުޅުނުކަން ފާހަގަކުރެވުނު ކަމަށާއި އެއް މުވައްޒަފެއްގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ވަދެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި މި 18 މުވައްޒަފުންގެ އެކައުންޓްތަކުން 73.6 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށާއި މި ފައިސާގެ އަދަދުތަކަކީ 2023 ޖެނުއަރީން ފެށީގެން ފާހަގަ ކުރެވިފައިވާ މުއާމަލާތްތަކެއް ކަމަށްވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: