ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރެފިކް ލައިޓު ހަރުކުރިޔަސް ދިއްލޭ ކުލައަށް ނުބަލާނަމަ ލިބޭނެ ރައްކަލެއް ނެތް: ސީޕީ ޝުޖާއު

ކޮމިޝަނަރ އޮފް ޕޮލިސް, އަލީ ޝުޖާއު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރެފިކް ލައިޓުތަކެއް ހަރުކުރި ނަމަވެސް އޭގެން ދިއްލޭ ކުލަތަކަށް ނުބަލާނަމަ އޭގެން ލިބޭނެ ރައްކައުތެރިކަމެއް ނެތްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

”ރައްކާ“ ރޯޑް ސޭފްޓީ ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަފްލާގައި ވާހަކަދައްކަވަމުން ކޮމިޝަނަރު ޝުޖާއުވަނީ ރާއްޖޭގައި ގިނަވަމުންދާ ޓްރެފިކް މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. ޝުޖާއު ވިދާޅުވީ، ފައިމަގުގައި އަންނަ މީހާއަށްވެސް ރައްކައުތެރިކަން ކަށަވަރުވެގެންދާނީ ކުރިމަތިން ދުއްވާފައި އަންނަ މީހާވެސް ޓްރެފިކް ގަވައިދުތަކަށް ފުރިހަމައަށް ތަބާވެގެންކަމަށެވެ.

ޝުޖާއު ވިދާޅުވީ، ޓްރެފިކް ލައިޓުތަކެއް ހަރުކުރިނަމަވެސް އޭގެން ދިއްލޭ ކުލަތަކަށް ނުބަލާ ކަމަށް ވާނަމަ އޭގެން ލިބޭނެ ރައްކައުތެރިކަމެއް ނުލިބޭނެކަމަށެވެ. ކޮމިޝަނަރު ވިދާޅުވީ، ސުކޫލުތަކުގެ ދަރިވަރުންގެ މެދުގައި ޓްރެފިކް މެނޭޖުމެންޓު ޕްރޮގްރާމްތައް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ޓްރެފިކް ގަވައިދުތަކަށް ބޯލަނބާ ޖީލުތަކެއް އުފެއްދުންކަމަށެވެ.

އޭނާ ވިދާޅުވީ، އެ ކުދިން ބޮޑެތިވެގެން އުޅަނދުތައް ދުއްވަން ފެށުމުން ޓްރެފިކް ޕޮލިހެއް ފެންނަން ނެތަސް އުޅަނދުތައް ދުއްވާނީ ހެދިފައިވާ ގަވައިދުތަކާއި އެއްގޮތަކަށް ކަމަށް ގަބޫލުކުރެއްވޭކަމަށެވެ. ޝުޖާއު ވިދާޅުވީ، މަގު ހުރަސްކުރާ މީހުންނަށް ޖާގަ ދޭނެކަމަށް ދެކިވަޑައިގަންނަވާކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން އެކްސިޑެންޓުތައް މަދުވެ، ހިނގާ އެކްސިޑެންޓުތަކުގައިވެސް އާނިޔާވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް މަދުވެގެންދިއުންކަމަށެވެ.

ޝުޖާއު ވިދާޅުވީ، އެކަން ހާސިލުކުރެވޭނީ ޕްރޮގްރާމްގެ ތެރެއިން ދަށްވެފައިވާ ކަންކަން އަބަދުވެސް ތަންފީޒުކޮށްގެންކަމަށާއި އެކަން ހާސިލުކުރެވޭނީ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުން ބޭބެއިންނާއި ދައްތައިން އަދި މައިންބަފައިންނަށްވެސް އެކަން ކަން ދަސްކޮށްދީގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: