ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުލްގު ހެޔޮ، ރަނގަޅު ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރަން ޖެހޭ: ނައިބު ރައީސް

ޓްރެފިކް މޮ ނިޓަރސް ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުލްގު ހެޔޮ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ރާއްޖޭގެ ގަވައިދުތަކަށް ޅަ އުމުރުގައި ކުދިން ހޭލުންތެރި ކުރުވުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލަކު ސްކޫލުގައި ބޭއްވި ސަތޭކަވަނަ ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ހުލްގު ހެޔޮ ރަނގަޅު ޖީލެއް ބިނާ ކުރުމަށް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް ދަރިވަރުން ހޭލުންތެރި ކުރުވުން މުހިންމު ކަމަށެވެ. އަދި ވިދާޅުވީ ފޭރާން ހެޔޮ މުޖްތަމައުއެއް ބިނާ ކުރެވޭނީ އެފަދަ ކަންކަމަށް ދަރިން ހާނުވައިގެން ކަމށެވެ.

މަގުތަކުގައި ހިނގާ ގާނޫނާއި ގަވައިދާ ހިލާފު ކަންކަން ހުއްޓުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ހާއްސަ ޕްރޮގްރާމުތަކެއް މިހާރު ވެސް ކުރިޔަށް ދާކަމަށެވެ.

މާލެ ފަހި ޕްރޮގްރާމަށް އިޝާރާތް ކުރައްވައި ނައިބު ރައީސް ވިދާޅުވީ މަގުމައްޗަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށް އެދޭކަމަށެވެ. ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ބެލެހެއްޓުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނީ އޮއިވަރާއި އަންނާނޭ ބަދަލުތަކަށް ރިއާޔަތްނުކޮށް، އެކަށީގެންވާ ޕްލޭންކުރުމަކާ ނުލައި މާލެއާއި ރަށްތަކުގެ މަގުތައް ހެދުމުގެ ފިޔަވަޅުކަމަށެވެ.

ބަވަނަވަމުންދާ މިއަދުގެ ތަރައްގީއާއެކު މަގުމަތީގެ ވެހިކަލްތައް ގިނަވެ، ސްޕީޑް ބާރުވެ، މަގުތަކުގެ އަޑުގަދަވެ، ވައި ތަގައްޔަރުވެފައިވާ ކަމަށާއި، ވެހިކަލްތައް ޕާކުކުރާނެ ޖާގަ އިތުރުކުރަންޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަގުތަކުގެ ގަވާއިދުތަކަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ނުވަތަ އިހުމާލުވުމުގެ ސަބަބުން ކޮންމެ ހަފުތާއަކުވެސް އެކްސިޑެންޓްތަކުގެ ހިތާމަވެރި އަޑު އިވޭކަމަށެވެ. ހާއްސަކޮށް މާލޭގެ ގިނަ މަގުތައް ހުރީ ދުއްވަން ދަތި، ހިނގާބިނގާވެ އުޅެން ދަތި ހާލުގައިކަމަށާއި، މިކަންކަން ހައްލުކުރުމަށް ހިކުމަތްތެރިކަމާއެކު އެންމެންވެސް މަސައްކަތްކުރަންޖެހޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ނައިބު ރައީސް ވިދާޅުވީ މަގަކީ އެންމެންގެ ތަނެއް ކަމަށާއި، މަގުމަތި ބޭނުންކުރާ އެންމެންނަށްވެސް އެއީ ރައްކާތެރި ތަނަކަށް މި ގައުމުގައި ވެސް ހަދަންޖެހޭކަމަށެވ. އަދި އިތުރަށް ވިދާޅުވީ، އާއިލާތަކަށް ހިތްފަސޭހަ ތަނަކަށް، އުފާވެރި ތަނަކަށް މަގުތައް ވާންޖެހޭކަމަށާއި، އެކަމަށްޓަކައި ކުރުރާސްތާ އަދި ދިގުރާސްތާ ޕްލޭންތައް ކުރަންޖެހިފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި، ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރި މުޙައްމަދު ޖަމާލުއްދީނު ސްކޫލާއި ޙާފިޡު އަޙްމަދު ސްކޫލާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ފުވައްމުލަކު ސްކޫލުގެ ދަރިވަރުންނަށް ސެޓްފިކެޓާ ޓެގް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

މިއީ 2014 ވަނަ އަހަރު ފެށި ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމްގެ ދަށުން ބޭއްވި 100 ވަނަ ޕްރޮގްރާމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: