ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ އިދާރާތަކުގެ ބޯޑުތަކަށް ސިޔާސީ މީހުން އައްޔަނު ކުރެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކުތަކާއި މާލީ އިދާރާތަކުގެ ބޯޑަށް ސިޔާސީ މީހުން އައްޔަނު ކުރެވޭ ގޮތަށް ގަވައިދަށް އިސްލާހު ގެނެސްފި އެވެ.

ބޭންކުތަކާއި މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވަނަންސްގެ ގަވައިދަށް ގެނައި މި އިސްލާހުގައި ވަނީ ކެބިނެޓު މިނިސްޓަރުންނާއި ގާނޫނެގެއް ދަށުން އުފައްދާފައިވާ ދައުލަތުގެ އިދާރާއެއްގެ އެންމެ އިސް މަގާމުތަކުގައި ތިބޭ މީހުންނާއި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނަށް ފިޔަވައި އެހެން ފަރާތްތަކަށް ބޯޑުގައި ތިބެވޭކަމަށެވެ.

މީގެ ކުރީގެ ގަވައިދުގައި ބުނާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް މާލީ އިދާރާއެއްގެ ބޯޑުގައި ނުތިބެވޭނެ އެވެ. އަލަށް ގެނައި އިސްލާހުން ކެބިނެޓު މިނިސްޓަރުންނާއި މިނިވަން މުވައްސަސާތަކުގެ ވެރިން އަދި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތައް ފިޔަވައި އެހެން ސިޔާސީ ބޭފުޅުންނަށް ބޭންކުތަކާއި އިންޝުއަރެންސް އަދި މާލީ ހިދުމަތް ދޭ ކުންފުނިތަކުގެ ބޯޑަށް އައްޔަނު ކުރެވޭނެ އެވެ.

މިއަދުން ފެށިގެން އަމަލު ކުރަން ފަށާ ގަވައިދުގެ ދަށުން ސިޔާސީ ޕާޓީތަކާއި ދައުލަތުގެ މަގާމުތައް އަދާކުރާ މީހުންނަށް ބޯޑުގައި ތިބެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: