ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅުން ގޯތި ދިނުމަށް ދަތިވާ ސަބަބުތަކެއް އެބަހުރި، ގޯތި ދެވޭނެ ވަކި ތާރީހެއް ދަންނަވަން ދަތި: ހައިދަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅު ދޫކޮށްފައިވާ ގޯތިތައް ދޫކުރުމުގައި ދަތިތަކެއް އެބަހުރިކަމަށާއި، އެ ގޯތިތައް ދޫކުރެވޭނެ ވަކި ތާރީހެއް ދެންނެވުމަށް ދަތިކަމަށް ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ގުޅީފަޅުންނާއި، ބިންވެރިޔާ ސްކީމްގެ ދަށުނާއި އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރެވޭނީ ކޮން އިރަކުންތޯ އެއްސެވުމަށް މަޖިލީހަށް ހައުސިން މިނިސްޓަރު ހާޒިރު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްއެވެ.

ޖަވާބު ދިނުމަށް ފުރުސަތު އެރުވުމުން އެންމެ ފުރަތަމަ މިނިސްޓަރު ހައިދަރު ވަނީ މަޖިލީހުން މީގެ ކުރިން ވަޑައިގެންނެވުމަށް އެންގެވި ނަމަވެސް ދިމާވި ކުއްލި ހާލަތަކާއި ގުޅިގެން ވަޑައިނުގެންނެވުނީތީ މައާފަށް އެދިވައިގެންފައެވެ.

ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތަކާއި ގުޅިގެން މެންބަރު ކުރި ސުވާލަށް ޖަވާބު ދެއްވާ މިނިސްޓަރު ވިދާޅުވީ ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް، ބިން ހަވާލު ކުރަން ފެށޭނެ ވަކި ތާރީހެއް ކަނޑައެޅުމަށް ދަތިވާ ސަބަބުތަކެއް އެބަހުރިކަމަށެވެ.

އެގޮތުން ބޯހިޔާވަހިކަމަކީ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރަމުން ގެންދާ މަސައްކަތެއްކަމަށް ފާހަގަކޮށް ހައިދަރު ވިދާޅުވީ، ނަމަވެސް ގުޅީފަޅުގެ ބިން އަދި އެއްކޮށް ހިއްކާ ނުނިމޭކަމަށެވެ. ގުޅީފަޅަކީ ބުރިޖުގެ މަސައްކަތަށް ވަރަށް މުހިންމު ސައިޓެއްކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެ ސައިޓު ހުސް ކުރެވޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށްކަމަށެވެ.

އެތަނުން މިވަގުތު ބިން އެލޮކޭޓޫ ކޮށްގެން ދޫކުރުން ވާނީ ދަތިކަމަކަށްކަމަށާއި، ސަބަބަކީ ވަރަށް ގިނަ ހެވީ ވެހިކަލްތައްވެސް އެތަނުގައި ހަރަކާތްތެރިވުންކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ގޯތިތައް ވަކިކުރުމަށް ޖަހާފައިވާ ހައްމުޑިތައްވެސް ހަލާކުވެފައިވާކަމަށާއި، އެހެންކަމުން ބުރިޖުގެ މަސައްކަތަށް ހަދާފައިވާ ސައިޓުގައި މަސައްކަތް ކުރިއަށްދާނަމަ، އިން ވަކިކޮށް ހައްމުޑި ޖަހައިފިނަމަ އެތަކެތި ހަލާކު ވުމުގެ ފުރުސަތު އޮތުމުން އިތުރު ހަރަދުތަކެއް ކުރަން ޖެހޭނެތީ އެ މަސައްކަތް މިހާރު ކުރުމުގެ ބޭނުމެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރިން ދޫކޮށްފައި ހުރި ގޯތިތަކުގެ ހައްމުޑިތައްވެސް ހަލާކުވެގެން ހިނގައްޖެ އެކަމާއި ހެދި.

ހައިދަރު ވިދާޅުވިއެވެ.

އެހެންކަމުން ގުޅީފަޅުން ބިން ދޫކުރެވޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހިސާބުގައިކަމަށް ހައިދަރު ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ ކުރީ ސަރުކާރުން ގުޅިފަޅުން ބިން އެލޮކޭޓު ކޮށްފައި ހުރީ ދިރިއުޅެން އެކަށިގެންވާނެ ގޮތަކަށް ނޫންކަމަށާއި، އެހެންކަމުން ގުޅީފަޅުގެ ކޮމިއުނިޓީ އާއި ބައްދަލުކޮށް، މަޝްވަރާކުރުމަށްފަހު އެތަނުގެ ލޭންޑް ޔޫސް ޕްލޭންއަށް ވާނީ ބަދަލުތަކެއް ގެނެސްފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައިކަމަށް ވިދާޅުވިއެވެ. މިހާރު ކުރިއަށް ދަނީ މި ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ އެންމެ ފަހު މަރުހަލާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅީފަޅަށް ގިރާވަރުފަޅު ގޯތި ލިބުނު ބައެއް ފަރާތްތަށް ބަދަލު ކުރަންވެސް ޖެހިފައިވާކަމަށާއި، މިހާރު މި މަސައްކަތް ވަނީ ކޮން ނިންމާފައިކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ބިން ހިއްކައި އަދި ނުނިމޭކަމަށެވެ. ގޯތިތައް ދީފައި ހުރީ ކަނޑުންނާއި ފަޅުންކަމަށްވާތީ، ގޯތިތައް ހަވާލު ކުރެވޭނީ ބިން ހިއްކާ ނިމުމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތް މިހާރު އެމްޓީސީސީއާއި ހަވާލުކޮށް، ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށް ބިނާރާ ބެހޭ ވަޒީރު މައުލޫމާތު ދެއްވާފައިވާކަމަށް ވިދާޅުވިއެވެ.

ނަމަވެސް ބިން ހިއްކާ ނިމޭނެ ތާރީހެއް އަދި ނޭގޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިތުރަށް 85 ހެކްޓަރު ހިއްކަން އެބަ އޮތްކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: