ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ މޫސުމެއްގައިވެސް އިންޑިއާއަކީ ރާއްޖޭގެ އެކުވެރިއެއްކަން ދައްކައިފި: ޝާހިދު

ފޮރިން މިނިސްޓަރ ޝާހިދާއި އިންޑިޔާގެ ބޮޑުވަޒީރު މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ މޫސުމެއް ކުރިމަތިވި ނަމަވެސް އިންޑިއާކީ ރާއްޖޭގެ އެކުވެރިއެއްކަން އެ ގައުމުން ކަށަވަރުކޮށްދީފައިވާކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ޝާހިދުވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ އަދި އެކްސްޓާރނަލް އެފެއަރޒް މިނިސްޓަރު ޑރ ސުބްރަމާނިޔަމް ޖައިޝަންކަރު ޓެގްކުރައްވާ ތަހުނިޔާ އަރިސްކުރައްވާފައެވެ. ޝާހިދު ވިދާޅުވީ، މި މުނާސަބާގައި އިންޑިއާގެ ރައްޔިތުންނާއި އިސްވެރިން އަދި ސަރުކާރަށްވެސް ހެޔޮ ނަސީބާއި ލާބައަށް އެދިވަޑައިގަންވާކަމަށެވެ.

ޝާހިދު ވިދާޅުވީ، އިންޑިއާއިންވަނީ އެ ގައުމަކީ ކޮންމެ މޫސުމެއްގައިވެސް ދިވެހިރާއްޖޭގެ އެކުވެރިއެއްކަން ކަށަވަރުކޮށްދީފައިކަމަށެވެ. އަދި އެ ގައުމަކީ ކުރިމަތިވާ ކޮންމެ ހާލަތެއްގައިވެސް އެންމެ ފުރަތަމަ އެތަނަށް ހާޒިރުވެ އެހީ ފޯރުވާ ފަރާތްކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުގައި މުހިންމު ބައިވެރިއެއްކަމަށާއި އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށްޓަކައި ދެމުންދާ އެއްބާރުލުމުން ރައްޔިތުންނަށް މަންފާވާކަމަށް ވިދާލުވިއެވެ. އޭނާ ވިދާޅުވީ އިންޑިއާއިންވަނީ ދިވެހިރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި އެހީތެރިކަން ފޯރުކޮށްފައިކަމަށާއި ދިވެހި ރައްޔިތުން މި ގުޅުން ގާތުން ބަލައިގަންނަކަމަށްވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: