ރައްޔިތުންގެ ހެވަށް މަސައްކަތް ކުރުމުގެ ބަދަލުގައި މިހާރުގެ މަޖިލިސް ފެންނަނީ، ސަރުކާރު މަޖިލީހެއްގެ ގޮތުގައިކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ކޮންމެ ހަފްތާއަކު ވެސް ކުރިޔަށް ގެންދާ ހަވަރު ބެރު – ޕެނަލް ޑިސްކަޝަންގައި ރައްޔިތުން މަޖިލހުގެ ކަންކަމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޒިޔާދު ވިދާޅުވީ، މަޖިލިހުގެ ކޮމިޓީތަކަށް މުގައްރަރުން ކަނޑައަޅަނީ ރައީސް އޮފީހުން ކަމަށާއި މަޖިލިހަށް ބިލު ފޮނުވަނީ ރައީސް އޮފީހުން ކަމަށްވާއިރު، އެ ބިލުތަކާއި ގުޅިގެން ދައްކަވަންޖެހޭ ވާހަކަތައްވެސް ހުންނަވައި ކަމަށެވެ.
“ ބިލު ފޮނުވަނީ ރައީސް އޮފީހުން، ހަމަ އެއާއެކު ފުލުގައި އާދެ ދައްކަވަންޖެހޭ ވާހަކައެއް، ޓޯކިން ޕޮއިންޓްސް ، ތިން ކަމެއް މައިގަނޑު އިންނަނީ ސިޓީގައި އިންނަހެން ޤަވައިދު އިދޭ، އެ ފެށުމާއި ނިންމުމާއި މެދު ތެރެއިން ބަޔަކާއި، ބައެއް ބިލުތަކުގައި ހުރޭ. ބައެއް ކަހަލަ މައްސަލަތަކުގައި ވާހަކަދައްކަންޖެހޭނެ މެމްބަރުވެސް ކަނޑައެޅިފައި“ ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ވަޒީރަކު ސުވާލުކުރުމުން ދެއްވައި ޖަވާބު ފުރިހަމަ ނުވެއްޖެނަމަ، މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވުމަށް ރިޔާސަތުން އަންގާނެ ކަމަށެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި އިންނެވީ މަޖިލިހުގެ ރައީސްއެއް ކަމަށާއި ނަމަވެސް 20 ވަނަ ރައްޔިތުން މަޖިލިހުން ފެނިގެންދަނީ ރޯލު މޮޑަލްއެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
“ 19 ވަނަ މަޖިލިހުގައިވެސް ސަރުކާރުން ތަމްސީލުކުރާ މެމްބަރުން ތިއްބަވައި، އެކަމަކު ކޮންމެ މެމްބަރެއްގެވެސް ހުރޭ އެ ދާއިރާއެއްގައި ރައްޔިތުންގެ ކަމެއް ކޮންމެވެސް ވަރަކަށް، މިހާރު އައިސް މި ތިބޭ ސަރުކާރު މެމްބަރުންނަކީ ކެންޕެއިންގަވެސް ސަރުކާރުން، ހޮވުނީމަވެސް ސަރުކާރު މެމްބަރުން ހުރިހާ ކަމެއްގައިވެސް ސަރުކާރު މެމްބަރުން.“ ޒިޔާދު ވިދާޅުވިއެވެ.
19 ވަނަ މަޖިލިހުގައި ސަރުކާރުގެ މެމްބަރުން ތިބި ނަމަވެސް، އެ މެމްބަރުންގެ ދާއިރާގެ ރައްޔިތުންނާއި މެދު ވިސްނަވައިކަމަށް ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، މިއަދު އެއާއި ޙިލާފަށް 20 ވަނަ ރައްޔިތުންގެ މަޖިލިހުން ފެނިގެންދަނީ ސަރުކާރުންގެ މެމްބަރުންތަކެއް ގޮތުގައި ކަމަށެވެ.

