ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓުގެ މައްސަލައިގައި ޒިފްލީނާއަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް ފޮނުވަނީ!

ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒިފްލީނާ ހަސަން ހުޅުމާލެއިން ފްލެޓެއް ބައްލަވައިގަތުމުގައި ކޮރަޕްޝަންގެ އަމަލު ހިމެނޭކަމަށް ތުހުމަތު ކުރާ މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

ހުޅުމާލެގެ އެފްޑަބްލިއު ރެސިޑެންސްގެ 1،200 އަކަފޫޓުގެ ފްލެޓެއް ޒިފްލީން 3.5 މިލިއަން ރުފިޔާއަށް ބައްލަވައިގަތްކަމަށް މީޑިއާތަކަށް އެނގިފައި ވަނީ، ސިވިލް ކޯޓުން އެޕާޓްމަންޓަށް ޒިފްލީނާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ދެމެދު ކުރި މުއާމަލާތާއި ގުޅޭ ހުކުމް އާންމު ކުރުމުންނެވެ. އެ ހުކުމުން އެނގޭ ގޮތުގައި، އެ އެޕާޓްމަންޓު ޒިފްލީނާ ގަނެފައި ވަނީ ޖުމްލަ ތިން މިލިއަން ފަސްލައްކަ ފަސްދޮޅަސް ތިންހާސް ހަސަތޭކަ ސާޅީސް ހަތް ރުފިޔާއަށެވެ. އަދި ހުކުމުގައި ވަނީ، އެ ފައިސާ އެޕާޓްމަންޓު ވިއްކާ ފަރާތަކަށް ދައްކައި ހަލާސްކޮށްފައިވާކަމަށެވެ. އެ ފްލެޓު ގަނެފައިވާ ތާރީހާއި، ފައިސާ ދެއްކި ގޮތުގެ ތަފްސީލެއް ހުކުމުން އެނގެން ނެތް އިރު އެއީ ޒިފްލީނާ ކޮން ގޮތަކުން ހޯދި ފައިސާއެއް ތޯ ބެލުމަށް ގޮވާލައި ބައެއް މީހުން ނުރުހުންފާޅު ކުރި އެވެ.

ތުހުމަތުތަކާއި، ފާޑުކިއުންތަކަށް ރައްދު ދެއްވައި ޒިފްލީނާ ވިދާޅުވީ އެ އެޕާޓްމަންޓު އޭނާ ގަނެފައި ވަނީ ކުރީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަމާއި ހަވާލުވުމުގެ ކުރިޔަަށްކަމަށާއި އޭނާ މަގާމާއި ހަވާލުވުމަށް ހުށަހެޅި އެސެޓް ޑިކްލެރޭޝަން ފޯމުގައި ވެސް އެކަން ހިމަނާފައިވާނެކަމަށެވެ.

އެކަމަކު އެ މައްސަލަ އޭސީސީއަށް އާންމުގެ ފަރުދަކު ހުށަހެޅުމުން މައްސަލައިގެ ތަހުގީގު ހިންގީ އެވެ. އޭސީސީގެ މީޑިއާ އޮފިޝަން ހަސަން މަނިކު މީޑއާތަކަށް ވިދާޅުވީ ގޮތުގައި ޒިފްލީނާ ފްލެޓު ގަތް މައްސަލައިގައި ހިންގި މުއާމަލާތް އެ ކޮމިޝަނުން ވަނީ ބަލާފަ އެވެ. އަދި ދައުވާ ކުރުމާއި މެދު ގޮތެއް ނިންމަން ޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށަހަޅަން ނިންމީކަމަށް ބުންޏެވެ.

މިއީ ނުހައްގު މުއްސަނދިކަން ލިބިފައިވުންކަމަށް ބަލައި ދައުވާ ކުރުމަށް ގޮވާލަމުން ދާތީ ޒިފްލީނާ ވިދާޅުވީ، ގިނަ ބައެއްގެ ސަމާލުކަމަށް އައި ކޯޓުގެ ނިންމުމަކީ އެއީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން ނިންމި އިދާރީ މަސައްކަތްކަމަށެވެ. އަދި އެ އެޕާޓްމަންޓުގައި ދިރިއުޅޭތާ ވެސް މިހާރު ހަތަރު އަހަރުވެފައިވާކަމަށް ވިދާޅުވި އެވެ.

ގާނޫނުލްއުޤޫބާތުގައި ވާގޮތުން ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީހަކު، އޭނާ އަދާކުރި ވަޒީފާގައި ލިބެމުންދިޔަ ނުވަތަ އަދާކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ދިރިއުޅުމުގެ ފެންވަރު ގާއިމުކޮށް އެ ފެންވަރު ދަމަހައްޓާފައިވުން ކުށެއްގެ ގޮތުގައި ބެލެވިދާނެ އެވެ.

ގާނޫނުލްއުޤޫބާތުގެ 515 ވަނަ މާއްދާގައި ނުހައްގު މުއްސަނދިކަންކަމަށް ބެލެވޭ ހާލަތްތަކަށްކަމަށް ބުނެފައި ވަނީ ދައުލަތުގެ މުވައްޒަފެއްގެ މަގާމުގައި ހުރި މީޙެއް، އޭނާ އަދާ ކުރި ވަޒީފާގައި ލިބެމުން ދިޔަ ނުވަތަ އަދާ ކުރާ ވަޒީފާއިން ލިބެމުންދާ އާމްދަނީއާއި ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ހުރުމެވެ. އަދި އެ މީހެއްގެ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފަރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ނުވަތަ ފައިސާ ހޯދުމާއި މިލްކުވެރިކޮށް ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުމަކީ ވެސް ކުށެއްކަމަށް ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: