ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގް ވިޔަފާރިކޮށް މުއްސަނދިކަން ލިބޭ މީހުންގެ މުދާ ދައުލަތަށް ނަގަނީ!

ރާއްޖެ އެތެރެކޮށް އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާލުމުގައި ފުލުހުން ހަރަކާތެރިވަނީ: ފޮޓޯ/ އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވިޔަފާރިކޮށް ލިބޭ މުއްސަނދިކަން ހޯދާ މީހުންގެ ހުރިހާ މުދަލެއް ދައުލަތަށް ނެގޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ.

މަސްތުވާތަކެތީގެ ގާނޫނު މިހާރު އޮންނަ ގޮތުން ދައުލަތަށް ނެގޭނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި މުދަލާއި ފައިސާ އެވެ. އަދި އެފަދަ މުދަލެއް ނުވަތަ ފައިސާއެއް އަތުގައި ބެހެއްޓުމުން ގިނަ ވެގެން ދެވެނީ ތިން އަހަރުގެ ޖަލު ހުކުމެކެވެ.

އެކަމަކު މިހާރު މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް ގެނައުމަށް ހޯމް މިނިސްޓްރީ ތައްޔާރު ކުރި ބިލުގައިވާ ގޮތުން އެ މީހަކު އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތާއި ނުބައްދަލު އާމްދަނީ ލިބިފައިވާ ނަމަ ނުވަތަ މުދަލާއި ފައިސާ ލިބުނު ގޮތް ބުނެ ނުދެވޭނަމަ އެއީ ޑްރަގް ވިޔަފާރިން ލިބުނު މުއްސަނދިކަންގެ ގޮތުގައި ބެލެވޭނެ އެވެ. އަދި އެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށް ލުމާއި އެކު އެ ހުރިހާ މުދަލަކާއި ފައިސާއަކާއި އެކު އެއިން ހޯދި ފައިދާ ހިމެނޭ ގޮތުން ދައުލަތަށް ނެގުމެވެ.

ސަރުކާރުން ގެނައުމަށް ނިންމި އިސްލާހުތަކުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ބަދަލު ގެނައުން ހިމެނެ އެވެ.

ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅާފައި އޮންނަނީ ހަމައެކަނި، މަރުގެ މައްސަލަތަކަށެވެ. އެހެންކަމުން، މިއީ މަރުގެ މައްސަލަތައް ފިޔަވައި އިތުރު މައްސަލައެއްގައި މިފަދަ ހަރުކަށި އަދަބެއް ދޭން ހުށަހެޅި ފުރަތަމަ ފަހަރެވެ.

މިހާރު އަމަލުކުރަމުން އަންނަ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ އެންމެ ހަރުކަށި އަދަބަކީ ޢުމުރަށް (25 އަހަރަށް) ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއާއި ދިހަ މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އެހެންކަމުން މިއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދޭން ކަނޑައަޅާ ފުރަތަމަ ފަހަރުވެސްމެއެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ސަރުކާރުން ގެންނަން ފެންނަ އިޞްލާހުގެ ޑްރާފްޓް ބިލުގެ ޖަދުވަލު 1ގައި ވަނީ 500 ގްރާމަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ އަދަބު ދެވޭ ގޮތަށް ހިމަނާފައެވެ. އެގޮތުން 139 ބާވަތެއްގެ މަސްތުވާތަކެތި އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ޑްރާފްޓް ބިލުގެ އިބާރާތުގައި ބަޔާންކޮށްފައިވަނީ މިއިން ކޮންމެ ބާވަތެއް ވިޔަސް އެ ބަރުދަން ފުރިހަމަވެ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް އިއްވަން ޖެހޭނެ ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަން ވިސްނާ އިސްލާހުތަކުގެ ތެރޭގައި ޑްރަގު ކޯޓަށް އިތުރު ބާރުތައް ދިނުމާއި، ރިހެބިިލިޓޭޝަނާ ގުޅޭ މާއްދާތަކަށް ގެންނަ އިސްލާހުތަކުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކުކުރުން ކަމަށް ބެލެވޭނެ ހާލަތްތައް ހިމަނާފައިވެއެވެ. އެގޮތުން މަަސްތުވާތަކެއްޗަށް ފައިނޭންސް ކުރުމާއި މަސްތުވާތަކެތި އެތެރެކުރަން ތަންތަނާއި އުޅަނދުތައް ފޯރުކޮށްދިނުމަކީވެސް ޓްރެފިކްކުރުން ކަމަށް ބިލުގައި ހިމަނާފައިވެއެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: