ގަލޮޅުގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާގޮތުން މާލޭގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންނާއި ގުޅޭގޮތުން ”އިމިގްރޭޝަން ވޮޗް“ އަށް ލިބިފައިވާ މައުލޫމާތަާއި ގުޅިގެން އެ މުއައްްސަސާއިންވަނީ އޮގަސްޓު 17 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން ބުނެފައިވާޣޮތުން ގ ހީނާމާގެ ޕާކިންގް ސަރަހައްދުގައި ކުރިއަށް ގެންދިޔަ ރެއިޑުގައި ބިދޭސީން ބަލާ ފާސްކޮށް ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދައެއް ނެތް 14 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
އިމިގްރޭޝަނުންވަނީ މާފަންނު ސަރަހައްދުގައިވެސް ބިދޭސީން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކްވެސް ބަލާ ފާސްކޮށްފައިކަމަށެވެ. އަދި އެތަނުގައިވެސް ގަވައިދާއި ހިލާފަށް އުޅެމުންދިޔަ 8 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.

