ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ އަކީ ޓޫރިޒަމް ދާއިރާގެ ގާބިލް ބޭފުޅުން ތިއްބެވި ސިޓީއެއް: ޝަރީފް

މިނިސްޓަރ އާދަމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫއަކީ ފުޅާދާއިރާއެއްގައި ޓޫރިޒަމް ކުރިއެރުވޭނެ އަދި އެކަމަށް ޤާބިލް ފަރާތްތަކެއް ތިއްބެވި ސިޓީއެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ޕްރޮމޯޓުކުރުމަށް ”ޑެސްޓިނޭޝަން އައްޑޫ 2024 ސަމިޓް“ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަމިޓުގައި ވަޒީރުގެ އަރިހުގައި އައްޑޫ ސިޓީ ހިމެނޭ ކުލަސްޓަރ ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމް ވެސް ވަނީ ބައިވެރިވެ ވަޑައިގަތްފައެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހިންގަމުން ގެންދާ ރިސޯޓުތަކަށް ބަލާއިރު ދިވެހިންގެ ތެރެއިން އެންމެ ގިނައިން މަސައްކަތްކުރަނީ އައްޑޫ ސިޓީއަށް ނިސްބަތްވައި ބޭފުޅުން ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ. އެހެންކަމުން އެކަމަށް ބޭނުންވާާ ސްކިލް ބޭފުޅުން އައްޑޫސިޓީގައި ތިއްބެވިކަމީ އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމަށް ލިބިގެންދާ ހިތްވަރެއް ކަމުގައި ވަޒީރު ވިދާޅުވެފައެވެ.

ވިޔާފާރި ސިނާއަތުގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ބެލިކަމުގައި ވީނަމަވެސް އައްޑޫ ސިޓީއަކީ ރަނގަޅު ތަނެއްކަމަށް ސިފަކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ 14 ރިސޯރޓެއްގެ އޯނަރުން އައްޑޫސިޓީއަށްް ނިސްބަތްވާކަމަށެވެ. އަދި އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތުގެ ފުރަތަމަ ހަރުފަތް މިހާރު މިއޮތީ ގިރާކުރެވިފައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ސިޓީގެ ގުޅިފައިވާ ރަށްތަކުގެ އޮފީސްތަކަށް ޒިޔާރަތްކުރުމުން ރަށްތަކުގައި ތަރައްޤީއަށް ބޭނުންވެފައިވާ މިންވަރު ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ކަމަށެވެ. އަދި އޮފީސްތަކާ، މަސައްކަތްތަކާ ގުޅިފައިވާ މިންވަރާ، ސަރުކާރާދޭތެރޭ ކުރާ އުންމީދު ހާމަވެގެން ދިޔަ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ސަމިޓް ބާއްވާ ހޯލަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ގުދަނެއް ކަމަށާއި ނަމަވެސް މިއަދު ރަނގަޅު ފެންވަރެއްގައި ބަޔަކު އިސްނަގައިގެން ކަމެއް ކުރިއަށް ގެންދަން ބޭނުންވެއްޖެ ނަމަ އެކަމެއް ކުރެވިގެން ދާނެ ކަމުގެ ހެއްކެއް ގޮތުގައި އެތަން ވަނީ ސިފަކުރައްވައި ފައެވެ.

މި ރަސްމިއްޔާތުގައި ވަޒީރުވަނީ އީކުއޭޓަރ ވިލެޖު ތަރައްޤީކުރުމަށް އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ކުރެއްވި މަސައްކަތްޕުޅަށް ތަޢުރީފުކުރައްވައި ފައެވެ. އަދި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާގެ އަމާޒަކަށް ވެގެންދާނީ ރައްޔިތުން ނުވަތަ ކައުންސިލުތަކުން އިސްވެ ފައްޓާ ކޮންމެ ކަމެއްގައި ސަރުކާރާއި، ރައްޔިތުންނާއި އަދި ކައުންސިލުތަކާ ގުޅުވާލަދިނުމުގެ މަސައްކަތްތައްކުރުން ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

އައްޑޫގައި ޓޫރިޒަމް ސިނާއަތް ފުޅާކުރުމަށް ސަރުކާރުގެ ތެރެއިންކުރަން ޖެހޭ ކޮންމެ ކަމެއް އަދި ޚާއްޞަކޮށް ސަމިޓުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ދަތުރުފަތުރުކުރުމުގެ ނިޒާމާއި، އަދި އަލަށް ފައްޓަވައި ވިޔަފާރިވެރިންނަށް ޓެކްސްގެ ތެރޭން ހުރި ގޮންޖެހުންތައް ޙައްލުކޮށްދިނުމަށް އެ ބޭފުޅުންގެ ޙައްޤުގައި ސަރުކާރާ ހަމައަށް އެ ވާހަކަތައް ގެންގޮސްދެއް ވާނެ ކަމަށް ވަނީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: