ވައިގަދަވެ ކަނޑުގަދަވާނެކަމަށް ލަފާކޮށް މެޓް ސެންޓަރުން ހއ އތޮޅުން ފެށިގެން އދ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
ރާއްޖެއަށް ވަރަށް ބޯކޮށް ވާރޭވެހެމުންދިއުމަށްފަހު ކޮންމެވެސް ވަރަކަށް މޫސުން ތަންދެމުންދާކަމަށް ފެނިގެންދާއިރު، މެޓް ސެންޓަރުންވަނީ މިއަދުގެ 11:00 އިން ފެށިގެން ހަވީރު 17:00 ގެ ނިޔަލަށް ހދ އޮތަޅުން ފެށިގެން އދ އަތޮޅަށް ހުދު ސަމާލު ނެރިފައެވެ.
މެޓުން ބުނެފައިވާގޮތުން ގަޑީރަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް ބުނެފައިވެއެވެ.

