ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތަކީ ސިޔާސީ މަސައްކަތްތަކުގައި އިތުބާރުކުރެވޭ ޕާޓީއެއް: ފައްޔާޒް

އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީއަކީ ސިޔާސީ މަސައްކަތްތަކުގައި އިތުބާރުކުރެވޭ ބައިވެރިއެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީއަށް 19 އަހަރު ފުރުން ފާހަގަކޮށް ކުރީގެ އިގްތިސާދީ ވަޒީރުވަނީ އެ ޕާޓީގެ ވެރިކަމުގައި ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި އޮތް އަދާލަތު ޕާޓީއަށް ތަހިނިއްޔާ ފޮނުއްވާފައެވެ. ފައްޔާޒް ވިދާޅުވީ، ވޭތުވެދިޔަ މުއްދަތުގައި އަދާލަތު ޕާޓީއިންވަނީ ވަނީ ދިވެހިރާއްޖެއަށް ސިޔާސީ ޕާޓީތަކުގެ މުހިންމުކަން ސާތިބުކޮށްދީފައިކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި މެދުކެނޑުމެއް ނެތި ދެމިއޮތް ދެވަނައަށް އެންމެ ދޮށީ ސިޔާސީ ޕާޓީގެ ހައިސިއްޔަތުން އަދާލަތުގެ ތަޖުރިބާ ރާއްޖޭގެ ސިޔާސީ މަސްރަހަށް ނުހަނު މުހިންމުކަމަށާއި ދިވެހިރާއްޖެއިން ކޮށްފައިވާ އިސްލާހީ ދަުތުރުގައި އެ ޕާޓީއަކީ ރާއްޖޭގެ ރައްޔިތުންގެ މުހިންމު ބައިވެރިއެއްކަމަށެވެ. ފައްޔާޒް ވިދާޅުވީ ވޭތުވެދިޔަ 10 ވަރަކަށް އަހަރު އޭނާގެ ތަޖުރިބާގައި އަދާލަތު ޕާޓީއަކީ ސިޔާސީ މަސައްކަތްތަކުގައި އިތުބާރު ކުރެވޭ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވުނު މަސައްކަތްތަކުގެ އިހުލާސްތެރި ބައިވެރިއެއްކަަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: