ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ޙާލަތު މިއަދުވެސް ވަރަށް ނިކަމެތި: އައްބާސް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރަށްޔިތުންގެ ޙާލަތު މިއަދުވެސް ފެނިގެންދަނީ ވަރަށް ނިކަމެތި ޙާލަތެއްގައި ކަމަށް ވެލިދޫ ދާއިރާގެ މެމްބަރ މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ވިލިގިލި ދާއިރާގެ މެމްބަރު ޢާޒިމް ޢަބްދުލްޢަޒީޒު ހުށަހަޅުއްވައިފައިވާ، އަރބަން ޑިވެލޮޕްމެންޓްގެ ބިލަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ، ރާއްޖޭގައި ޑިމޮކްރެސީ އުފެދި، 16 އަހަރު ވެގެން ދިޔަ ނަމަވެސް، މިއަދާއި ހަމައަށް އައިއިރު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޙިދުމަތްތައް އެންމެ ފުރިހަމައަށް ނުލިބޭ ކަމަށެވެ. އަދި ރަށްތަށުގެ ތަޢުލީމީ ނިޒާމާއި ސިއްޙީ ނިޒާމުވެސް އޮތީ ރަނގަޅުނުވެ ކަމަށް މެމްބަރު ވަނީ ފާހަގަކުރައްވައިފައެވެ.

“ ޑިމޮކްރެސީއަށް 16 އަހަރު ނުވަތަ ރާއްޖެއަށް އަޅުގަނޑުމެންގެ އުމުރުން 47 އަހަރު ވެގެން މިދިޔައީ، 47 އަހަރު ވެގެންދިޔައިރުގައިވެސް، ރަށްރަށުގެ ތަޢުލީމީ ހާލަތު ރަނގަޅެއްނުވޭ، ރަށްރަށުގެ ސިއްހީ ނިޒާމު ރަނގަޅެއްނޫނުވޭ، ރަށްރަށުގެ ޔޫތު ސެންޓަރު ތަކެއް ނުހެދޭ“ މެމްބަރު އައްބާސް ވިދާޅުވިއެވެ.

ރައްޔިތުންނަށް ބޭނުންވާ އެފަދަ އަސާސީ ކަންކަން ފުރިހަމަ ނުވުމުގެ ސަބަބުން ރަށްރަށުން މާލެ އަންނަށް ޖެހޭ ކަމަށާއި އެކަމުގެ ނަތީޖާއަކަށް ވެގެންދަނީ މާލެތެރޭގައި ތޮއްޖެހުން ގިނަވުން ކަމަށް މެމްބަރ ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ކޮންމެ ސަރުކާރެއްގެވެސް އަމާޒަކަށް ވެގެންދަނީ މާލެ ސަރަހައްދުގައިވާ ފަޅުތައް ހިއްކުން ކަމަށާއި އަދި އެތަންތަނުގައި ކޮތަރު ކޮށި ކަހަލަ ފުލެޓްތައް އެޅުމަށްފަހު، ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތުން އެތަނެއްގައި ދިރިއުމަށް ދޫކޮށްލުން ކަމަށެވެ. އަދި އަރބަން ޑިވެލޮޕްމެންޓްފަދަ ބިލެއް ހެއްދެވި ނަމަވެސް، އަމާޒަކީ ރާއްޖެތެރޭގައިވާ ރަށްތައް ފަޅުކުރުން ކަމަށް ވަނީނަމަ، އެކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ނުކުރާނެ ކަމަށް މެމްބަރ ވިދާޅުވިއެވެ.

“ ކޮންމެ ސަރުކާރެއްގެވެސް ނިޔަތަކީވެސް މާލެ ސަރަހައްދުގައި އޮތް ފަޅެއްވިއްޔާ ހިއްކައި، މާލެ ސަރަހައްދުގައި ކޮތަރު ކަހަލައިގެ ފުލެޓްތައް އަޅައި އެ ކޮތަރު ކޮށިތަކަށް ރާއްޖެތެރޭ ރައްޔިތުން ގެނެސް ވައްދައި ރާއްޖެތެރޭ ރަށްތައް ފަޅުކުރުން“ އައްބާސް ވިދާޅުވިއެވެ.

މެމްބަރ ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގައި މީހުން ދިރިއުޅެމުން އަންނަ ރަށްތަކުގައި ރަނގަޅު ސިއްޙީ ޙިދުމަތެއް ލިބޭނެ ނިޒާމެއް ޤާއިމުކޮށް، ތަޢުލީމީ ނިޒާމު ޙަރުދަނާ ކޮށްދެއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: