ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިން ކުއްޔަށް ދެނީ އަބަދުވެސް އަމަލުކުރާ އުސޫލުން: އެޗްޑީސީ

ބިން ކުޔަށްދޫކުރުމާއި ގުޅޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޔަފާރި ބޭނުމަށް ހުޅުމާލެއާއި ތިލަފުށިން ބިން ދޫކުރަމުންދަނީ އަބަދުވެސް އަމަލުކުރަމުން އަންނަ އުސޫލުން ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ( އެޗްޑީސީ ) އިން ބުނެފިއެވެ.

އެޗްޑީސީން މިހެން ބުނެފައި ވަނީ ތިލަފުށިން ސިނާއީ ބޭނުމަށް ބިން ދޫކުރަން އެޗްޑީސީ އިން ހުޅުވާލީ ސަރުކާރުން ބިން ދޭން ބޭނުންވާ ބަޔަކަށް ނުއަގުގައި ބިން ދޫކުރި ކަމަށް ބުނެ މީޑިއާގައި ރިޕޯޓްކުރި ހަބަރުތަކަކާއި ގުޅިގެންނެވެ.

އެޗްޑީސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިން ކުއްޔަށް ދޭން ހުޅުވާލީ އެ ކޯޕަރޭޝަނުން އަބަދުވެސް އަމަލުކުރަމުން އަންނަ އުސޫލުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ޕްރޮސެސްގެ ތެރެއިން ކަމަށެވެ. އަދި އެ ޕްރޮސެސްގެ ތެރެއިން ހުރިހާ ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން ބިން ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރާ ތަރުތީބުން ބިން ދޫކުރަމުން އަންނަ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެ ބިންތައް ކުއްޔަށް ދޫކުރުމަށް ކަނޑައެޅިފައިވާ އަގުތަކަކީ ވެސް އެ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ އަގުތަކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި އެ ކުންފުންޏާ ބެހޭ ހަބަރު ރިޕޯޓުކުރުމުގައި މައުލޫމާތު ސާފުކޮށް، ރަނގަޅު މައުލޫމާތު ގެނެސްދިނުމަށް އެޗްޑީސީއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: