ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބަން ޑިވެލޮޕްމަންޓް ބިލަަށް ފައްޔާޒްގެ ފާޑުކިއުން: މިއީ ކައުންސިލްތަކުގެ ބާރު ދުއްވާލުން!

އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އާބަން ޑިވެލޮޕްމަންޓް ނަމުގައި ސަރުކާރުގެ ފަރާތުން ތައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އެމްޑީޕީގެ ޗެެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގަައި ފައްޔާޒް ވިދާޅުވީ މިފަދަ ބިލެއް ހުށަހަޅައި ސަރުކާރުން މަސައްކަތް ކުރަނީ ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް ކަމަށެވެ.

ކައުންސިލްތަކުގެ ކަންބޮޑުވުން ވެސް ލިބިފައި ވާތީ އެ މެމްބަރުންނަށް ހަވާލާ ދެއްވައި ފައްޔާޒް ވިދާޅުވީ އިސްލާހު ގާނޫނަކަށް ވާ ހިސާބުން ކައުންސިލްތަކަށް އެމްޑީޕީގެ ވެރިކަމުގައި ހޯދައިދިން ބާރުތައް ގެއްލިގެން ދާނެ ކަމަށެވެ. ފައްޔާޒް ވިދާޅުވީ އެ ބިލުގެ ކޮންމެ މާއްދާއަކަށް ބެލިޔަސް އޮތީ އެފަދަ ހާލަތެއް ގެނުވާނެ ފަދަ ވާހަކަތަކެކެވެ.

ފައްޔާޒް ވިދާޅުވީ ކަައުންސިލްތަކަށް ހަގީގީ ބާރު ދިނީ، އެމްޑީޕީގެ ސަރުކާރުގައި ކަމަށެވެ. އެއީ މިނިވަންކަމާއި، އިގްތިސާދީ ނަފާ ހޯދައިދިން ބާރުވެރިކަމެއް ނަމަވެސް މިއަދު ކައުންސިލްތައް އޮތީ ބިރުވެރިކަމެއްގެ މަތީކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ތަކުރާރުކޮށް ފައްޔާޒް ވިދާޅުވީ އާބަން ޑިވެލޮޕްމަންޓް ޕްލޭންގެ ބިލުގެ ސަބަބުން ކައުންސިލްތަކަށް އޮތް މާލީ ބާރުވެރިކަމާއި އިގުތިސޯދީ ނިންމުންތ ކަނޑައަޅަން ނިންމުމުގެ ބާރު އެއްކޮށް ނަގާނެ ބިލެއް ކަމަަށެވެ.

އެހެންވީމަ މިއީ… ހަމަ އެކަނި ލާމަރުކަޒީ ނިޒާމަށް.. ދޭ ހަމަލާއެއް ނޫން… މިއީ މުޅި ޑިމޮކްރަސީއަށް ވެސް.. މި ސަރުކާރުން ދެމުންދާ ހަމަލާތަކުގެ ތެރޭން… މިހާ ހިސާބަށް ގެންނަ އެންމެ ނުރައްކާ އެއް ހަމަލާ…

އެމްޑީޕީ ނޫން އެހެން ސަރުކާރުތަކުން ކައުންސިލްތައް ބާރު ކުރުވަން އެއްވެސް މަސައްކަތެއް އަދި ޝައުގެއް ވެސް ގެންގުޅެފައި ނުވާކަމުގެ ތުހުމަތު ކުރައްވައި ފައްޔާޒް ވިދާޅުވީ އެހެން ކޮންމެ ވެރިކަމެއްގައި ކަައުންސިލަށް މި ހާލަތު ޖެހޭ ކަމަށެވެ. އެ ސަރުކާރުތަކުން މަަަސައްކަތް ކުރީ ކައުންސިލް ބާރުތައް ހަނިކޮށް އަސްލު ޒިންމާއިން އެކަހެރިކޮށްލުމަށްކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެހެންކަމުން މުޅި މި މަސައްކަތް ބެލެވޭނީ ފައްޔާޒް ވިދާޅުވި ގޮތުގައި ޑިމޮކްރަސީއަށް ދޭ ހަމަލާއެއްގެ ގޮތުގަ އެވެ.

ސަރުކާރުގެ ފަރާތުން ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒު މިދިޔަ ހަފްތާގައި ހުށަހެޅުއްވި އާބަން ޑިވެލޮޕްމެންޓު ބިލުގެ މަގުސަދެއްކަމަށް ބުނެފައި ވަނީ ރާއްޖޭގެ އާބަން ސަރަހައްދުތައް ކަނަޑައެޅުމާއި އެކު، އެފަދަ ސަރަހައްދުތައް ގިންތިކުރާނެ ގޮތާއި، އެ ސަރަހައްދުތަކުގެ ބިންތައް ބޭނުންކުރާނެ ގޮތުގެ އުސޫލުތައް ބަޔާން ކުރުމެވެ. އަދި ބިލުގެ ބޭނުންތަކުގެ ތެރޭގައި އާބަން ޑިވެލޮޕްމެންޓު މަޝްރޫއުތައް އެއް މިންގަނޑެއްގެ ތެރެއިން ކުރިއަށްގެންދެވޭކަން ކަށަވަރުކޮށް އެފަދަ ސަރަހައްދުތައް ތަރައްގީކުރުމުގެ އަސާސީ މިގަނޑުތައް ބަޔާންކުރުން ހިމެނެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: