ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމު ސިއްހަތަށް ނުރައްކާވާ ހާލަތުގައި ހުރި ތަންތަން ބަންދުކުރާނަން: މިނިސްޓަރު ހަލީލް

ހެލްތު މިނިސްޓަރު ހަލީލް: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓާސްކުފޯސްގައި ހެލްތުން ކުރަމުންދާނީ ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް ކަމަށާއި އާންމު ސިއްހަތަށް ނުރައްކާވާ ހާލަތުގައި ހުރި ތަންތަން ބަންދުކުރުމުގެ މަސައްކަތްތައްވެސް ކުރާނެކަމަށް ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ހަލީލް

ނުތާހިރުތަންތަނުގައި ކާބޯތަކެތި އުފައްދާ މައްސަލައިގައި ކަންބޮޑުވުންތައް އިތުރުވެފައިވާއިރު ހެލްތު މިނިސްޓަރުވަނީ ހަލިލްވަނީ އެ މިނިސްޓްރީގެ ފަރާތުން މި މައްސަލަ ހައްލުކުރުމުގެ ގޮތުން ކުރަމުންދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ސިއްހަތަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި އުފައްދަމުންދާކަން އިމިގްރޭޝަންގެ ރެއިޑްތަކުގެ ތެރެއިން ފާހަގަކުރެވިފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އާންމު ސިއްހަތަށް ނުރައްކާވާގޮތަށް އިންތިޒާމުތައްކުރެވިފައިވާކަންވެސް ފާހަގަކުރެވޭކަމަށާއި މި މައްސަލަތައް ފެންމަތިވެގެން އައީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ދެނެގަތުމަށްޓަކައި ކުރަމުންދިޔަ މަސައްކަތްތަކުންކަމަށްވެސް އިޝާރާތްކުރެއްވިއެވެ. އަދި އެހިސާބުން ޓާސްކްފޯސްގައި ހެލުތި މިނިސްޓްރީއިންވެސް ޝާމިލުވާގޮތަށް ކަނޑައެޅިފައިވާކަމަށާއި މިނިސްޓްރީގެ މައިގަނޑު މަސައްކަތަކަށް ވެގެންދާނީ ރެޖިސްޓްރީ ނުކޮށް ހިންގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ސިއްހަތަށް ނުރައްކާވާ ފަދަ ގޮތަކަށް ކަންކަން ހުރިތަން ބަންދުކުރުންކަމަށް ހާމަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، 23 އޮގަސްޓުން ފެށިގެން ކާބޯތަކެތީގެ ރައްކައުތެރިކަމުގެ ގާނޫނު ތަންފީޒުކުރެވިގެންދާނެކަމަށާއި އެ ގާނޫނުގެ ދަށުން އެމްއެފްޑީއޭއަށްވެސް ހާއްސަ ބާރުތަކެއް ލިބިގެންދާކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އެޗްޕީއޭ ހިނގަމުންދަނީ އާންމު ސިއްހަތާއި ބެހޭ ގާނޫނުގެ ދަށުންކަމަށާއި އެހެންކަމުން އެ މަގުން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މައިގަނޑު ގޮތެއްގައި ހެލްތުން ބަލަމުންދާނީ ރައްކައުތެރި ކާނާ ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ގުޅުން ހުރި ކަންކަން ކަމަށާއި އާންމު ސިއްހަތަށް ގެއްލުންވާގޮތަށް ހުރި ތަންތަން ބަންދުކުރަމްުންދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: