ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޓަކައި ޤައުމީ ޔުނިވާސިޓީން ހަދާ ރިސާޗާއި، ރައްޔިތުންގެ މަޖިލީހާއި، އާއްމުންގެ ހިޔާލާއި، ތަޖުރިބާކާރުންގެ ލަފައި ހޯއްދަވައިގެން ޤާނޫނަށް އިސްލާހު ހުށައެޅުމަށް ނިންމައި ކުރާ ދިރާސާތަކުގެ ހޯދުންތައް އަންނަ ހަފްތާގައި އާންމު ކުރުމަށް ތައްޔާރުވެއްޖެ އެވެ.
ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން، އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތައް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އާލާވެގެން ދާނީ ރައްޔިތުންގެ ފަރާތުން ކައުންސިލުން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ އެ ފަރާތްތަކުގެ އެއްބާރުލުން ދިނުމުގެ އިތުރުން ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހުރިހާ ބާރުތައް ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން ކައުންސިލްތައް ޖަވާބުދާރީ ކުރުވުމަށް އިލްތިމާސް ކުރައްވައި މިނިސްޓަރ ވިދާޅުވީ ހަގީގީ މާނައިގައި ލާމަރުކަޒީ ހުރިހާ ބާރެއް ރަނގަޅު ކުރުމުގެ ފުރުސަތާއި އެ އިހުތިޔާރު އޮތީ ރައްޔިތުންނަށް ކަމަށެވެ.
ލާމަރުކަޒީ ނިޒާމާއި ގުޅޭ ދިރާސާތައް ފަށައި، އެކަން ހާމަކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި އޭގެ ފަހުން ގިނަ މަޝްވަރާ ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.
އެ މަސައްކަތްތަކުގެ މައުލޫމާތުތައް ނިމި، އަންނަ އާދީއްތަ ދުވަހު އާންމު ކުރާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރ ވިދާޅުވީ ދިރާސާގެ ތެރެއިން، ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަންނާނެ ކަމަށެވެ. އެހެންކަމުން ރިޕޯޓު އާންމު ކުރާއިރު އޭގައި ގާނޫނުގައި ހުރި އިތުރަށް ފުރިހަމަ ކުރަން ޖެހޭ، ބައިތައް ހިމެނޭނެ އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ދިރާސާތައް ފަށައި ދެ މަސް ދުވަހުގެ ތެރޭގައި ނިންމާލި އިރު، ރައީސް ޑރ. މުހައްމަދު ވަނީ ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދު ކުރުމާއި ގުޅޭ މަސައްކަތް އިއުލާނު ކުރައްވާފަ އެވެ. އަދި އޭގެ ކުރިން މަޖިލީހަށް ހުށަހެޅުނު އެހެން މައްސަލައެއްގައި ވެސް މެމްބަރުން ވަނީ، ކައުންސިލްތަކުގެ ބައި އިލެކްޝަން ކައިރިކައިރީގައި ބާއްވަން ޖެހޭތީ ދައުލަތަށް ބުރަ ބޮޑުކަމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.