2023 ވަނަ އަހަރުގައި އެންޓިކޮރަޕްޝަން ކޮމިޝަނުން ރައްޔިތުންގެ ނަޒަރުގައި ކޮރަޕްޝަން އޮތް މިންވަރު ދެނަގަތުމަށް ހެދި ސާވޭގައި ބައިވެރިވި މީހުންގެ 75 އިންސައްތަ ދެކޭ ގޮތުންނަމަ ރައްޔިތުންގެ މަޖިލީހަކީ ކޮރަޕްޓް ތަނެއް ކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ ”ސިޔާސާތު“ ޕްރޮގްރާމްގައި ދިޔާނާ ވިދާޅުވީ ކުޜީގައި އަމަލު ކުރަމުން ދިޔަ ނޫ ގާނޫނުއަސާސީން ފެހި ގާނޫނުއަސާސީއަށް ވާސިލުވީއިރުގައި ރައްޔިތުންގެ މަޖިލީހާއި ބެހޭ ހާއްސަ ބާބެއް ކަނޑައަޅައި ކުރީގެ ގާނޫނުއަސާސީއާއި ހިލާފު އުސޫލުތަކެއް ލީ ކޮންބޭނުމެއްގައިތޯ ބެލުމަކީ މުހިންމުކަމެއް ކަމަށެވެ.
ދިޔާނާ ވިދާޅުވީ ކުރީގެ ގާނޫނުއަސާސީގައި ބުނާ ގޮތުންނަމަ ކޮންމެ އަތޮޅަކަށް 2 މެމްބަރުން ހޮވަން އޮންނާނެ ކަމަށާއި މިހާރު މެމްބަރުން ހޮވާގޮތް ތަފާތު ކަމަށާއި، އަދި އެންމެ ބޮޑު އަތޮޅުކަމަށްވާ އައްޑު އަތޮޅުން ދެ މެމްބަރުން އޮތް އިރު އެންމެ ކުޑަ އަތޮޅު ކަމަށް ވާ ވ އަތޮޅުންވެސް ދެ މެމްބަރުން ތިބުމަކީވެސް އޭރު އޮތް ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ.
ހަމަ ހަމަކޮށް ތަމްސީލު ކުރެވި ދިއުމަކީ އެއް އަމާޒު ކަމަށާއި އަނެއް އަމާޒަކީީ ނާޒާހާތް ތެރި މަޖިލީހެއް ލިބިގަތުން ކަމަށާއި އަދި ގާބިލް އިލްމުވެރި މަޖިލީހެއް ލިބިގަތުމަކީ ވެސް އެއް އަމާޒު ކަމުގައި ދިޔާނާ ވިދާޅުވިއެވެ. އަދި ސަރުކާރު ޖަވާބު ދާރީ ކުރުވޭނެ މަޖިލީހެއް އޮތުމަކީވެސް މުހިންމު އެއް އަމާޒު ކަމުކައި ފާހަގަކުރެއްވިއެވެ.
”ސުވާލަކީ ގާނޫނުއަސާސީއަށް އަޅުގަނޑުމެން އަމަލު ކުރަން ފެށިތާ މިހާރު 16 އަހަރު މިވީ. 16 އަހަރު ވީ އިރުގައި އަޅުގަނޑުމެންގެ މި ތަސައްވުރު ނުވަތަ މި އަމާޒު ހާސިލް ހާސިލް ވެއްޖެތޯ؟ ތަސައްވުރު ކުރެވުނު ރައްޔިތުންގެ މަޖިލީސް އަޅުގަނޑުމެންނަަށް ލިބިއްޖެތޯ؟ މިއީ ކްރިޓިކަލް ސުވާލެއް. އަޅުގަނޑެއް ނޫން ޖަވާބު ދޭނީކީ. އަޅުގަނޑު ބަލާލާނީ އަޅުގަނޑުމެންގެ މުވައްސަސާ ތަކުން ލިބެން ހުރި މައުލޫމާތު ތަކުން ލިބެނީ ކޮން ޖަވާބެއްތޯ“
އޭސީސީ އިން ކުރި ސާވޭގެ އެ ނަމްބަރަކީ އެންމެ ކޮރަޕްޝަން އެންމެ މަތި ކަމަށް ފާހަގަކުރެވުނު މުވައްސަސާކަމަށެވެ. ދެން އެވަރުގެ އަދަދެއް އޮތީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކަމަށް ދިޔާނާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދެ ތަނާއި ދެމެދު ސާވޭގައި ބައިވެރިވި މީހުންގެ ނަޒަރިއްޔާތު އޮތީ އެގޮތަށް ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އުވާލާށޭ ބުނެ އެކަހަލަ ކޮންސާންތައް ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މިކަމުން އެނގިގެންދަނީ ރައްޔިތުންގެ އިތުބާރު މަޖިލީހާއި ދޭތެރޭގައި ކުޑަ ވެފައިވާ ކަމަށެވެ. ރައްޔިތުން އެދުނު މަޖިލީހެއް އަދި ނުލިބޭ ކަމަށް ބުނެވިދާނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

