ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އއ. ބޮޑުފޮޅުދު އާއި އދ. މަންދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި

ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. ބޮޑުފޮޅުދު އާއި އދ. މަންދޫގައި ޕޮލިސް ޕޯސްޓު ހުޅުވައިފި ކަމަށް ދާހީލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ބޮޑުފޮޅުދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކައުންސިލު ރައީސް ޝުޖާއު އާދަމްއެވެ. ބޮޑުފޮޅުދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު، ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލު ރައީސް ޝުޖާއު އާދަމްއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.

އޭގެ އިތުރުން، އދ. މަންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާއި މާންދޫ ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް ހުސައިންއެވެ.

މަންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު، ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް ހުސައިންއެވެ. ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.

ބޮޑުފޮޅުދުއާއި މަންދޫގައި ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، މާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން، އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެ ދެ އަތޮޅުގެ އަތޮޅު ކޮމާންޑަރުންނާއި ދެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: