ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ހުންނެވި މުހުތާޒް މުހުސިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލު ކުރައްވައިފިއެވެ.
ރައީސުލްޖޫމްހޫރިއްޔާގެ އޮފީހުގައި އަދާކުރަމުންދިޔަ ވަޒީފާއިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވިކަން މުހުތާޒް ވަނީ ސަންގަށް ކަށަވަރުކޮށްދެއްވާފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމު ވެސް އަސާ ކުރައްވާފައިވާ މުހުތާޒް ސިންގަޕޫރުގައި ހުންނަ ރާއްޖޭގައި ޑެޕިއުޓީ އެމްބެސެޑަރަކަށް ސްޓޭޓް މިނިސްޓަރުން ފެންވަރުގައި އޭނާ އައްޔަން ކުރަން ވަނީ ނިންމަވައިފައެވެ.
މުހުތާޒް ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ މަހެވެ.

