”ރިޓްޒް ބިއުޓީ ސެލޫން“ ގެ ނަމުގައި މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ ރަޖަނީ ޝްރެސްތާ، ރާއްޖެ އިން ޑީޕޯޓު ކޮށްލައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން ދިޔަ، ނޭޕާލަށް އުފަދަން ރަޖަނީ ނުވަތަ އާންމު ނަމުން ނަމަ ރިޒްއާ ގުޅޭ ގޮތުން ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއް ހިންގި ކަމަށެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އޭނާއަކީ ދޫކޮށްފައިވާ ހުއްދަ (ވިސާ) ގެ ބޭރުން ވިޔަފާރި ކުރަމުންދިޔަ މީހެކެވެ. އޭނާއާއި އެކު މަސައްކަތް ކުރަމުން ދިޔަ ހަތަރު ބިދޭސީ މުވައްޒަފުންގެ ވެސް ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން، އެ މީހުން ވެސް ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް މި މަހުގެ 13 ވަނަ ދުވަހު ޑީޕޯޓް ކޮށްފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަން ވޮޗަށް ލިބޭ މައުލޫމާތުތަކުގެ އެހީގައި އިމިގްރޭޝަނުންދަނީ ފުޅާ ދާއިރާއެއްގައި ގައިވައިދާ ހިލާފަށް އުޅޭ ބިދޭސީން ބަލާ ފާސްކޮށް އެމީހުންނާއި މެދު ފިޔަވަޅު އަޅަމުންނެވެ. އަދި މިހާތަނަށް އިމިގްރޭޝަންގެ އެކި ރެއިޑް ތަކުންވެސް ގިނަ އަދަދަކަށް ބިދޭސީންވަނީ އަތުލައިގަނެފައެވެ.

