ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާފުތާހިރުކަމެއް ނެތި ތައްޔާރު ކުރާ ކާބޯތަކެތީގެ މައްސަލަ ރިޕޯޓު ކުރަން ހާއްސަ ހޮޓްލައިންއެއް

މ. ތްރީ މޫން ގޭގައި ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ބަދިގެ .-- ފޮޓޯ؛ އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްކާތެރި ނޫން ގޮތަކަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ މައްސަލަތައް ރިޕޯޓު ކުރުމަށް ހާއްސަ ހޮޓްލައިނެއް ކަނޑައަޅައިފި އެވެ.

އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރު ކުރާ މައްސަލަތައް ފެންމަތިވެ، މި ފަހުން ގިން ތަންތަން ބަލާ ފާސްކޮށްފައި ވެއެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދާ ބިދޭސީން ކުރަމުން ދާ އެ ވިޔަފާރީގައި ތައްޔާރު ކުރާ ކާބޯތަކެތީގެ ތެރޭގައި ދިވެހިން އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ކާނާ ހިމެނެ އެވެ.

އޭގެ ތެރޭގައި ހެދިކާއާއި، ސަބްމެރިން، ބާގާ ފަދަ ތަކެތި އަދި ކާޖާ ހިމެނެ އެވެ.

މި ތަކެތި ތައްޔާރު ކުރާ ތަނުގެ ހާލަތު އިމިގްރޭޝަނުން އާންމު ކުރާއިރު، އެއްވެސް ސާފުތާހިރުކަމެއް އެ ތަނެއްގައި ނުހުރެ އެވެ. އަދި މުޑުދާރުކޮށް ހުރި އެ ކޮޓަރިތަކުގައި ތައްޔާރު ކުރާ ކާބޯތަކެތީގެ ސަބަބުން ސިއްހަތަށް ގިނަ ގެއްލުންތައް ކުރާނެ އެވެ.

ގެތަކުގައި ތައްޔާރު ކުރާ މިފަދަ ކާބޯތަކެތީގެ މައްސަލަތައް ބެލޭ ގޮތަށް، އައު ގާނޫނުގެ ދަށުން ބާރު ލިބި މިނިސްޓްރީ ވަނީ މަސައްކަތްތައް ފަށާފަ އެވެ. އަދި ރައްކާތެރި ނޫން ގޮތަކަށް ތައްޔާރު ކުރާ ކާބޯތަކެތީގެ މައްސަލަތައް ރިޕޯޓު ކުރަން ވަނީ އެދިފަ އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މައްސަލަތައް ރިޕޯޓު ކުރަން ޖެހެނީ 7603204 އަށެވެ. އަދި އާންމު ސިއްހަތާ ގުޅޭ ޝަކުވާތައް ހުށަހަޅަން ޖެހޭ ނަމްބަރަކީ 7960121 އެވެ.

ހުކުރު ދުވަހު އަމަލު ކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާއި އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވަކި ތަނެއްގެ ގޮތުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އުފައްދަވާފަ އެވެ.

މި ގާނޫނުގައި ބަޔާން ކުރާ މާއްދާތަކާއި ހިލާފުވާ މީހުންނަށް ބޮޑެތި އަދަބުތައް ކަނޑައެޅިފައި ވެއެވެ. އޭގެ ތެރޭގައި ޖިނާއީ ދައުވާ ކުރުމާއި، އެއް މިލިއަން ރުފިޔާއާއި ހަމައަށް ޖުރިމަނާ ކުރުމުގެ ބާރު ލިބިގެންވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: