ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިވެލޮޕްމެންޓް ބޭންކު ވެގެންދާނީ ރާއްޖޭގެ އިގްތިސާދީ ހަބަކަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިވެލޮޕްމެންޓް ބޭންކު އޮފް މޯލްޑިވްސް ވެގެންދާނީ ރާއްޖޭގެ އިގްތިސާދީ ހަބަކަށްކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ އިސްވެރިންނާއި ބައްދަލު ކުރެއްވުމަށް ވަޑައިގެންނެވުމުގެ ކުރިން މައުލޫމާތު ދެއްވާ، ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ މިއީ މިފަދަ ބޭންކެއް ރާއްޖޭގައި ގާއިމް ކުރެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ މިއީ ތާރީހީކަމެއްްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، ޑައިވާސިފައިކޮށް، އިގްތިސާދު ކުރިއަށް ގެންދިއުމަށްޓަކައި މި ބޭންކު ވާނީ މުހިންމުކަމެއްކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ އެންމެ މުހިންމު ވައުދަކީވެސް މި ބޭންކު ގާއިމް ކުރުމުގެ ވައުދުކަމަށް ރައީސް ވިދާޅުވިއެވެ.

މި ބޭންކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވީވެސް ވަރަށް ތަޖުރިބާ ކާރު ބޭފުޅުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސީއީއޯ އަދި ޗެއާމަނަކީވެސް ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފައިވާ ބޭފުޅުންކަން ފާހަގަކުރެއްވިއެވެ.

މި ބޭންކުގެ އެހީގައި ފަތުރުވެރިކަން ކުރިއެރުވޭނެކަަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރިސޯޓުތައް ތަރައްގީކުރެވޭނެކަމަށް ވިދާޅުވިއެވެ. އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޑިވެލޮޕްމެންޓް ބޭންކުވާނީ އެކަމުގެ ހަބަކަށްކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، ރިއަލް އެސްޓޭޓް އަދި ހައުސިން މާކެޓަށްވެސް މި ބޭންކުގެ ހެޔޮ އަސަރު ކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: