ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކުގެ ނިންމުމާއި ދިމާކޮށް ހަމަނުޖެހުން އުފައްދައި، ސަރުކާރު ބަދަލު ކުރަން ގޮވާލި މައްސަލަ ބަލަނީ

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށް ގޮވާލައި، ގާނޫނީ ވެރިކަމެއް ބަދަލު ކުރުމަށް ގޮވާލައި، ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ލިމިޓަށް އެ ބޭންކުން ގެނައި ބަދަލު އަލުން އަނބުރާ ގެންދިޔަ ނަމަވެސް އިދިކޮޅު އެމްޑީޕީ ދިޔައީ ސަރުކާރަށް ގިނަ ފާޑުކިއުން އަމާޒު ކުރަމުންނެވެ. މި ހާލަތުގައި މަގުމައްޗަށް ނިކުންނަން ޖެހޭކަމަށް ބުނެ އަޑުއުފުލައި، ހަމަޖެހުން ނަގާލުމަށް ހިތްވަރު ލިބޭ މޭރުމަކުން އެމްޑީޕީ ޕޯސްޓުކޮށްފައި ވެއެވެ.

މި މައްސަލައިގައި މިއަދު ފުލުހުން އާންމު ކުރި ބަޔާނުގައި ބުނީ ބޭންކުގެ އެ ނިންމުން އާންމު ކުރި ވަގުތާއި ދިމާކޮށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ހަމަ އެވަގުތު ސޯޝަލް މީޑިއާގައި ގިނަ ބޮޓުތަކެއް ބޭނުންކޮށްގެން ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުން ދިޔަކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ހަމަޖެހުން ނަގާލުމަށް ގޮވާލައި، ގާނޫނީ ވެރިކަމެއް ވައްޓާލަން ގޮވާލާފައި ވާތީ އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: