ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ބައިނަލްއަގުވާމީ ދުނިޔޭގެ އިތުބާރެއް ނުހޯދުނު، ކަންތައްތައް ވަނީ އިތުރަށް ގޯސް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް އިން ބަގާވާތެއް ކުރިކަމަށް ގައުމުގެ ވަލީއުލް އަމްރު ތުހުމަތު ކުރެއްވުމަކީ ބޭރުގެ ގައުމުތަކުން ރާއްޖެއާއި މެދު އިތުރަށް ސުވާލު އުފައްދާނެކަމެއްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ ސަރުކާރަށް މިވީ ނުވަ މަސްވީ ތެރޭގައި ބައިނަލްއަގްވާމީ އިތުބާރު ހޯދިފައި ނެތްކަމަށެވެ. އަދި ކަންތައްތައް ވަނީ އިތުރަށް ގޯސްކަމަށް ޝާހިދު ވިދާޅުވިއެވެ. ބީއެމްއެލް އިން ސަރުކާރާ ދެކޮޅަށް މާލީ ބަޣާވާތެއް ކުރި ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ ގައުމުތަކުން ވަރަށް ބޮޑަށް ސުވާލު އުފައްދާނެ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމަށް އައި އިރު، ތަރައްގީގެ މަޝްރޫތަކަށް ހުރިހާ ދިމާލަކުން ފައިސާ ހަމަޖެހިފައިވާކަމަށް ވިދާޅުވީ ނަމަވެސް މިހާރު އެ ވާހަކަތައް ބަދަލުވެ، ލިބެމުން ދަނީ ”ފެހި ސިގްނަލް“ ކަމަށް ވިދާޅުވިއެވެ. ބޭރުގެ އެހީ ހޯދުމަކީ ފަސޭހަކަމެއް ނޫންކަމަށް ފާހަގަކޮށް ޝާހިދު ވިދާޅުވީ މިހާރު މިކަން ސަރުކާރުގެ ބޭފުޅުންނަށް ސާފުވާނެކަމަށެވެ.

އެއީ ދަތިކަމެއް. ހަމަ ގައުމަކަށް ގޮސް މީހަކާ ބައްދަލުކޮށްލާފައި އެއްޗެއް ބުނާއިރަށް ބްރީފްކޭސްއަކަށް އަޅާފައި ލާރިއެއް ނުދޭނެ.

ޝާހިދު ވިދާޅުވިއެވެ.

ގައުމުތަކުން އެހީ ލިބެނީ، ގުޅުންތައް ހަރުދަނާވެ، އިތުބާރު އޮންނަ މިންވަރަކުންކަމަށް ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މިވީ ނުވަ މަސް ތެރޭގައި ބޭރުގެ އެއްވެސް އެހީއެއް ނުލިބޭކަމަށް ވިދާޅުވާން ޖެހެނީ އިތުބާރު ނެތުމުންކަމަށެވެ.

ދެ އެހީ ބޭނުން ކުރާނީ ރަނގަޅު ގޮތުގައިކަން ސާބިތުވުމުން ނޫނީ ގައުމުތަކުން އެހީ ނުދޭނެކަމަށް ފާހަގަކޮށް ޝާހިދު ވިދާޅުވީ، ސަރުކާރުން އަމަލު ކުރާނީ އޮންނަ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ކަމުގެ ޔަގީންކަން އޮތް ނަމަ  އެހީ ލިބޭނެކަމަށެވެ.

ވެރިކަމަށް އައުމުގައި ބައިނަލްއަގްވާމީ މުޖުތަމައުއާއި ޖެހިފައި އޮތީ ކިހާ ވަރަކަށްކަމާއި، ބައިނަލްއަގްވާމީ ހަމަތައް ސަރުކާރުން ގަބޫލު ކުރާ މިންވަރަށް ވެސް ގައުމުތަކުން ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: