ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އިމިގްރޭޝަން ވޮޗް“ މިހާތަނަށް 473 މައްސަލަ.

އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިމިގްރޭޝަނާ ގުޅުންހުރި މައްސަލަ ރިޕޯޓްކުރުމަށް ޚާއްސަ ކުރި ”އިމިގްރޭޝަން ވޮޗް“އަށް މިހާތަނަށް 473 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ޖުލައި މަހުގެ 17ވަނަ ދުވަހުން ފެށިގެން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް 473 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން 369 މައްސަލަ ބަލަމުންދާ ކަމަށާއި ވެރިފައި ކުރަމުންދާ މައްސަލަތަކުގެ އަދަދު 82އަށް އަރާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އިދާރާއާ ނުގުޅޭ މައްސަލަތަކާ ގުޅޭގޮތުން 22 މައްސަލައެއް ރިޕޯޓް ކުރެވިފައި ވެއެވެ.

”އިމިގްރޭޝަން ވޮޗް“ އަކީ އިމިގްރޭޝަނާ ގުޅުންހުރި ކަންތައްތައް ރިޕޯޓްކުރުމަށް އާންމުންނަށް ފުރުސަތު ލިބިގެންދާނެ ޕްލެޓް ފޯމެެކެވެ. އެގޮތުން، މި ޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރުމަށް ފުރުސަތު ލިބިގެން ދެއެވެ. މި ޕްލެޓްފޯމް ބޭނުންކޮށްގެން އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، ”އެނޮނިމަސް“ ކޮށްވެސް ރިޕޯޓް ކުރުމުގެ ފުރުސަތު ލިބިފައި ވެއެވެ. އަދި އެކަމުގެ ސަބަބުން އިމިގްރޭޝަންއަށް އާންމުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

”އިމިގްރޭޝަން ވޮޗް“ މެދުވެރިކޮށް 24 ގަޑިއިރު އިމިގްރޭޝަންއަށް ރިޕޯޓްކުރެވޭނެ އެވެ. އަދި މިގްރޭޝަނާ ގުޅުންހުރި ރިޕޯޓެއް ނުވަތަ މައްސަލައެއް ހުށަހަޅާއިރު، މައުލޫމާތާ ފޮޓޯ ”އިމިގްރޭޝަން ވޮޗް“ މެދުވެރިކޮށް ހުށައެޅޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: