ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު 13 އިންޖީނަކަށް އޯޑަރުކޮށްފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ އަންނަ އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށްފައެވެ.
މިހާރު 13 އިންޖީނެއް ޓެންޑާކޮށް އޯޑަރުކޮށްފައިވާކަމަށް ފާހަގަކޮށް ފަހުމީ ވިދާޅުވީ އޭގެން ކޮންމެ އިންޖީނަކީ 2،000 ކިލޯވޯޓުގެ އިންޖީނުތަކެއްކަމަށެވެ. އެ އިންޖީނުތައް ގެނެވި، ތައްޔާރީތަށް ވުމުން މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމުގައި އެއްވެސް ކަހަލަ ޝޯޓޭޖެއް ނާންނާނެކަމަށް ފަހުމީ ވިދާޅުވިއެވެ.
އަޅުގަނޑުމެން އިތުރަށް 13 އިންޖީނެއް އޯޑަރުކުރެވިފަ މިހާރު ވެސް ވަނީ. އެހެންވީމާ 13 އިންޖީނު ލިބި، މާލެއަށް ކަރަންޓު ލިބި، ދެވޭނެ ކެޕޭސިޓީ އަޅުގަނޑުމެން އެސްޓެބްލިޝްކުރާނަން.
ފަހުމީ ވިދާޅުވިއެވެ.
ޕީކް ސީޒަންނާއި ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާއިރު، 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާލެ ސަރަހައްދުގެ ޕަވާ ސެކިއުރިޓީ އިތުރުކުރަން 1.6 މެގަވޮޓްގެ ހައި ސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުގެ ދެ ސެޓު ރާއްޖެ ގެނެސްފައިވާކަން ފާހަގަކުރެވެއެވެ.

