ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ދަތުރުތަކަށް ދައުލަތުގެ ފައިސާ ހަރަދެއް ނުކުރަން، ނުވެސް ކުރާނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ބޭނުންތަކަށް ކުރާ ދަތުރުތަކަށް ދައުލަތުގެ ފައިސާ ބޭނުން ކުރެވެން އޮތް ނަމަވެސް، އެފަދަ ހަރަދުތައްކޮށްފައި ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ބޭސްފަރުވާއަށް އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރަށް މި ހަފްތާގައި ވަޑައިގަތުމުން، ހަރަދުތަކާއި ގުޅުވައި ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. އަދި އެކަން ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭކަމަށް ބުނެ ބައެއް ސިޔާސީ ބޭފުޅުން ވެސް ނުރުހުންފާޅުކޮށްފައި ވެއެވެ.

ބޭރުގެ ގައުމުތަކަށް ރައީސް ކުރައްވާ މިފަދަ ދަތުރުތަކުގެ ހަރަދުތައް ހިނގާ ގޮތާއި ގުޅޭގޮތުން ސަންގުޓީވީއަށް ދެއްވި އެކްސްކްލޫސިވްއެއްގައި ސުވާލު ކުރުމުން ރައީސް ވިދާޅުވީ އުސޫލުގައި އޮންނަ ގޮތުންނަމަ ރައީސްގެ ދަތުރުތަކަށް ހަރަދު ކުރެވޭކަމަށެވެ. ރައީސް ވިދާޅުވީ އަމިއްލަފުޅަށް ފައިސާ ބޭނުންނުކޮށް އެކަން ކުރެވެން އޮތް ނަމަވެސް އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކިރިޔާވެސް އެކަމެއް ވާން އޮވެއްޖެ ނަމަ އަމިއްލަފުޅަށް ހުރިހާ ކަމެއްވެސް ކުރައްވާ ކަމަށެވެ. ދިމްޔާތުގައި މުލިއާގެ މަރާމާތުކޮށް ނިމެންދެން ހުންނެވި މަސްތަކުގައިވެސް ހުރިހާ ހަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށް ވިދާޅުވިއެވެ. އަދި އެކަމާއި ގުޅިގެން ހުރިހާ ހަރަދެއް ކުރީ މުއާގޭ ބަޖެޓުން ކަމަށް ބުނެ ވަރަށް ގިނަ އެލިގޭޝަންސް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގޭގައި ސެކިއުރިޓީ ސެޓަޕްހަދައި ހުރިހާ ކުއްޔަށްދޭ ކޮޓަރިތައް ހަމަޖެއްސީ އަމިއްލައަށް

ސަރުކާރު ބަޖެޓުގެ ލާރި ނަގައިފައިނުވާ ކަމަށާއި ހުރިހާ ހަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: