ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިނޮޅަށް ގެއްލުނު މީހާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ

ގެއްލިގެން ހޯދަމުން އަންނަ ތަސްލީމް މުހައްމަދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ފިނޮޅަކަށް އިއްޔެ ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ޒުވާނާ ހޯދުމަށް ބޮޑު ސަރަހައްދެއް އެމްއެންޑީއެފުން ބަލައިފިއެވެ.

ފިނޮޅަކަށް އިއްޔެ ދަތުރު ދިޔަ މީހަކު ގެއްލިގެން ރިޕޯޓްކޮށްފައި ވާތީ ފުލުހުން ވެސް ވަނީ އޭނާގެ މައުލޫމާތުތައް އާންމުކޮށްފަ އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދު، މ. އަސަރީ ހަނދާން އެވެ.

ތަސްލީމް ގޮސް އުޅުނީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށެވެ. ތަސްލީމް ހޯދުމުގެ މަސައްކަތާއި ގުޅޭގޮތުން އެމްއެންޑީއެފް ބުނީ އޭނާ ހޯދުމަށް ފިނޮޅުގެ ވަށައިގެން 5،000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލްކޮށްގެން އަދި 3،000 އަކަފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ކޯސްޓްގާޑްގެ ޑައިވަރުން ބަލާފައިވާ ކަމަށެވެ.

އޭނާއާއެކު ދަތުރު ދިޔަ މީހުންނާ ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި ތަސްލީމް އެންމެ ފަހުން ފެނިފައި ވަނީ ވެސް ބުދަ ދުވަހުގެ ހެނދުނު 10:00 އާއި 11:00 އާ ދެމެދުގަ އެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރި ވަގުތެއް، އޭނާއާ ބެހޭ ގޮތުން ފުލުހުން އާންމުކުރި މައުލޫމާތުގައި ބުނެފައެއް ނުވެ އެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އަދި އިއްޔެ އާއި އޭގެ ކުރީ ދުވަހު އެ ފިނޮޅަށް ދަތުރު ދިޔަ ބަޔަކު އުޅޭ ނަމަ ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު، 9794639 ގުޅައި އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މިކަމާ ގުޅިގެން މޭޔަރ އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ މުއައްޒަފެއް ކަމުގައިވާ ތަސްލީމު މުހައްމަދު ހޯދުމަށް ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުން އެބަ ގެންދަވާ ކަމަށެވެ. ތަސްލީމު ގެއްލިފައިވަނީ އިއްޔެ ދަތުރުގޮސްއުޅުމުގެ ތެރޭގައި ކަމަށާއި މިކަމުގައި މޭޔަރާއިއެކު ކައުންސިލުން ކުރެވެން ހުރި ހުރިހާކެމެއް ކުރަމުން ގެންދާނެކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: