ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ދިދައަށް ގެއްލުންދީ މޫދަށް އެއްލާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ށ. މާއުނގޫދޫގައި އެމްޑީޕީގެ މެމްބަރުން ބޮޑުދިދަ ނެގިތާ 24 ގަޑިއިރުވެސް ނުވަނީސް ރޭގެ ވަގުތެއްގައި ދިދައަށް ގެއްލުންދީ މޫދަށް އެއްލާލުން ކުށްވެރިކުރާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުއްﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސުލްޙަވެރި ސިޔާސީ ޙަރަކާތަށް ފަރިތަވާން ޖެހޭ ކަމަށެވެ. އިދިކޮޅު ޕާޓީއަށް ޤައުމުގެ ސިޔާސީ ވެށީގައި ޖާގަ ލިބެން ޖެހޭ ކަމަށާއި އަދި އެ ފިނޑި ޢަމަލު ހިންގި ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކަށާއި ތަކެއްޗަށް ގެއްލުންދިނުމުގެ ގޯސް ސަގާފަތެއް އަބަދުވެސް އޮވެއެވެ. މިފަދަ ކަންކަން ގިނައިން ހިނގަނީ އިންތިހާބުތަކާއި ދިމާކޮށެވެ. 2023 ވަނަ ރިޔާސީ އިންތިހާބުގެ ތެރޭގައިވެސް ގދ. ހޯނޑެއްދޫ އެމްޑީޕީގެ ޖަގަހައަށް ކަޅުތެޔޮ ޖަހާފައިވެއެވެ. ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް މީޑީއާ ތަކަށް މައުލޫމާތުދެއްވާ ވިދާޅުވީ އެ ޖަގަހަ އަކީ އަބަދުވެސް ހުޅުވާފައި ހުންނަ ތަނެއްކަމަށާއި ކޮންމެ ގަޑިއެއްގައިވެސް ޖަގަހައަށް ވަދެވޭނެކަމަށެވެ. އަދި އޭނާ ވިދާޅުވީ ޖަގަހައިގައި ހުރި ހުރިހާ ތަކެއްޗެއްވަނީ ބޭނުންނުކުރެވޭ ވަރަށް ކަޅުތެޔޮ ޖަހަފައިކަމަށެވެ. އޭގެ ތެރޭގައި ދިދަފަތިތަކާއި އަދި ގޮނޑިތައް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބުގެ ތެރޭގައި ހަމަ އެ އަތޮޅުގެ މަޑަވެލީގައި ހުންނަ އެމްޑީޕީ ޖަގަހައިގައި ވެސް ވަނީ ރޯކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން ރައީސް ވިދާޅުވެފައި ވަނީ ހުރިހާ ފަރާތްތަކަށް ވެސް ބަސްބުނެވޭނެ ކަމާއި ކެމްޕޭނު ކުރެވޭނެ ޖާގަ ދޭން ޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: