ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންދުގައި ހުރި އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ފަރުވާދެނީ

މާލޭ މަގުމަތީ އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި އަހްތަރު:
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދައްކައި ފުލުހުންނަށް އިންޒާރު ދިން މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުރި އާދަމް އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކޮށްފި އެވެ.

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ އަހުމަދު ޝިފާން ވިދާޅުވީ  އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާކަމަށެވެ. އަދި އޭނާއަށް މިވަގުތު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށް ޝިފާން ވިދާޅުވި އެވެ.

ވަޅިއަކުން ބިރު ދައްކައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި ށ. މިލަންދޫ، ހެޕީލޭންޑު އަތުހަރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ހަރަކާތްތެރިވާން ފެށީ، މާލޭގެ ގެއެއްގައި އަންހެނަކު ރަހީނުކޮށްފައިވާކަމަށް ލިބުނު ރިޕޯޓަކަށެވެ. އަދި އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން އެ ސަރަހައްދަށް ދިއުމުން އޭނާ ވަނީ އޭނާގެ ކަރުގައި ވަޅިއެއް ޖައްސައި އެ ސަރަހައްދު ދޫކޮށްދާން މަސައްކަތްކޮށްފަ އެވެ.

އަތުހަރު ވަނީ ފުލުހުން އޭނާ ހުއްޓުވަން މަސައްކަތްކޮށްފި ނަމަ، އަންހެން މީހާ ކަރުގައި ވަޅި އަޅައި މަރާލާނެކަމުގެ އިންޒާރު ދީފަ އެވެ. އަދި އޭނާ ދާން ބޭނުންވާ ތަނަކަށް ދިއުމުގެ ފުރުސަތު ދިނުމުން އަންހެން މީހާއަށް ގެއްލުމެއް ނުދީ ދޫކޮށްލާނެކަމަށް ވެސް ބުނަމުން ދިޔަ އެވެ.

ފުލުހުން އަތުހަރު ހައްޔަރު ކުރީ އޭނާ ދާން ބޭނުންވި ސަރަހައްދާއި ކައިރިން މަގު ބަންދުކޮށްގެންނެވެ. އަދި އާންމުވެފައިވާ ވީޑިއޯގައި ފެންނަ ގޮތުން، ފުލުސް މީހަކު އަންހެން މީހާ ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ވަގުތު ވެސް ހަމަލާ ދޭން އުޅެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: