ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ފޮރިން އިންވެސްޓަރ ފްރެންޑްލީ ގައުމަކަށް ރާއްޖެ ހެދުމަށް ހަރުދަނާ ގާނޫނުތަކެއް ގެނައުން: އުޝާމް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ރާއްޖެއަކީ އިންވެސްޓަރ ފްރެންޑްލީ ގައުމަކަށް ހަދައި، ގާނޫނުތަކަށް ބަދަލުތައް ގެންނަން ޖެހޭ ހާލަތުގައި އެފަދަ މަސައްކަތްތައް ވެސް ކުރުންކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިފަދައިން ވިދާޅުވީ، ފޮރިން އިންވެސްޓްމަންޓްގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު މަސައްކަތް ކުރައްވަމުން އައީ ރާއްޖެއަކީ އިންވެސްޓަރ ފްރެންޑްލީ ގައުމަކަށް ހެދުމަށްކަމަށެވެ. އެގޮތުން ގާނޫނުތަކަށް ގެނަންޖެހޭ ބަދަލުތަކުގެ ގިނަ މަސައްކަތްތަކެއް މި މުއްދަތުތުގެ ތެރޭގައި ކުރެވުނުކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ، މިފަދަ ގާނޫނުތައް ފަރުމާކޮށް ތައްޔާރުވުމަށް އޭގެ ޒާތުގައި ގިނަ ވަގުތު ނަގައި، ކުރަން ޖެހޭ ހޭދަތައް ބޮޑުކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ އިންވެސްޓަރ ފްރެންޑްލީ ގައުމަކަށް ހެދުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް އޮތްނަމަ، އެކަމެއްކޮށް އައު ގާނޫނެއް ގެންނަން ފެންނަ ހާލަތެއްގައި އެ މަސައްކަތެއް ވެސް ކުރެވޭނެކަމަށް އުޝާމް ވިދާޅުވި އެވެ.

ފޮރިން އިންވެސްޓްމެންޓު ގާނޫނަކީ ވެސް ހަމަ މިފަދަ މަސައްކަތެއްކަން އުޝާމް ފާހަގަކުރެއްވި އެވެ.

އެގޮތުގެ މަތީން ކުރެވުނު މަސައްކަތެއް މި މަސައްކަތަކީ.. އަޅުގަނޑުމެން ބޭނުންވީ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން މި ބިލު މަޖިލީހަށް ހުށަހަޅައި ފާސްވުން.. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭނުންވި ގޮތަށް މަޖިލީހުން ބިލު ފާސްކޮށްދެއްވި..

ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ހުށަހަޅުއްވައި ފާސް ކުރި މި ބިލުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓު ކުރެވޭނެ ދާއިރާތައް ކަނޑައެޅުމާއި ގުޅޭ އުސޫލުތަކާއި އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓު ކުރުމުގެ ހުއްދަ ދޫކުރުމުގެ އުސޫލުތައް އަދި އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމާއި ގުޅޭ އުސޫލު ބަޔާން ކުރުމެވެ. އަދި ބިލުގެ ދަށުން އެފަދަ އިންވެސްޓްމަންޓުތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓުތަކަށް ބަދަލު ދެވޭނެ އުސޫލުތައް ބަޔާން ކުރާނެ އެވެ.

ބިލުގައި ފޮރިން އިންވެސްޓްމަންޓު ދާއިރާތަކާއި، އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައަޅައި ހުއްދަ ހޯދުމުގެ އުސޫލު ތަފްސީލު ކުރެއެވެ. އަދި އިންވެސްޓު ކުރުމުގެ ހުއްދަ ދިނުމުގެ މަރުހަލާއާއި އިންވެސްޓު ކުރަން އެދި ހުށަހެޅޭނެ ފަރާތްތަކުގެ އިތުރުން ދިވެހި ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕްގެ ހިއްސާ ބޭރުގެ ފަރާތްތަކަށް ބަދަލު ކުރުމުގެ އިޖުރާއަތު ވަނީ ހިމަނާފަ އެވެ.

މި ގާނޫނުގައި ބުނާގޮތުގައި ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓު ކުރުމަށް ޝައުގުވެރިކަން އުފައްދައި އިތުރު ކުރުމަށް ބައިނަލްއަޤުވާމީ މައިދާނުގައި އިންވެސްޓްމަންޓް ޕްރޮމޯޓު ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާނީ މިނިސްޓްރީ އެވެ. އަދި ސިޔާސަތުތަކާއި ބޭނުންވާ އިންވެސްޓްމަންޓު ދެނެގަތުމަށް ދިރާސާކޮށް ފީސިބިލިޓީ ރިޕޯޓުތައް މިނިސްޓްރީން ތައްޔާރު ކުރަން ޖެހޭނެ އެވެ. އަދި ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގައި ހުރި ފުރުސަތުތަކާއި ކަމާއި ގުޅޭ އިޖުރާއަތު ވެސް ސާފުކޮށްދޭން ޖެހޭނެކަމަށް ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: